A wide advertisement which will be shown on all devices. (700 x 100)

ބޭރު ފައިސާ ގާނޫނުގެ ދަށުން 34 ފަރާތަކަށް ލައިސަންސް ދީފި

ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ވިޔަފާރިތަކަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި، އެ ވިޔަފާރިތައް ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި އަލަށް ޢަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، މުޅިން އަލަށް 34 ފަރާތަކަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމް.އެމް.އޭ) އިން ވިދާޅުވެއްޖެއެވެ.

މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ޤަވައިދުގެ ދަށުން ލައިސަންސްއަށް އެދި ހުށައެޅުމަށް އެމް.އެމް.އޭއިން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ.

އެމް.އެމް.އޭ އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، އަލަށް ލައިސަންސް ދޫކުރި 34 ފަރާތުގެ ތެރެއިން ޓިއާ 1 ގެ ލައިސަންސް 29 ފަރާތަކަށް ދޫކޮށްފައިވާއިރު، ޓިއާ 2 ގެ ލައިސަންސް ވަނީ 5 ފަރާތަކަށް ދޫކޮށްފައެވެ. ޓިއާ 1 ކެޓަގަރީގެ ވިޔަފާރިތަކަކީ ބޭރުފައިސާ ގަނެ ވިއްކުމުގެ ހިދުމަތް ދިނުމަށް ހުއްދަ ލިބޭ ފަރާތްތަކެވެ. އަދި ޓިއާ 2 ގެ ލައިސަންސަކީ ހަމައެކަނި ރިސޯޓްތަކަށް ބޭރުފައިސާ ވިއްކުމަށް ދޫކުރާ ހާއްސަ ލައިސަންސެކެވެ.

މި 34 ފަރާތް ހިމަނައިގެން، މިހާރު ޖުމްލަ 62 ފަރާތަކަށް އެމް.އެމް.އޭއިން ވަނީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައެވެ. މި އަދަދުގެ ތެރޭގައި ކުރިން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ 28 ފަރާތެއްވެސް ހިމެނެއެވެ.

އެމް.އެމް.އޭއިން އަލަށް އަމަލުކުރަން ފެށި ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއާ ބެހޭ ގަވައިދަކީ 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ގަވައިދުގެ ބަދަލުގައި، ވިޔަފާރީގެ މިހާރުގެ ހާލަތާއި އެއްގޮތަށް ބަދަލުތައް ގެނެސް، އިތުރަށް ހަރުދަނާކޮށްފައިވާ އާ ގަވައިދެކެވެ. މި ގަވައިދުގެ އެންމެ ބޮޑު ބޭނުމަކީ، ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް، އެ ވިޔަފާރި ހިންގުމުގައި ޒަމާނީ އުސޫލުތަކެއް ކަނޑައެޅުމެވެ. މިކަމުގެ ސަބަބުން މި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އިތުބާރު ހިފޭނެ، ރައްކާތެރި މާހައުލެއް ބިނާވެގެންދާނެ ކަމަށް އެމް.އެމް.އޭއިން ބުނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !