A wide advertisement which will be shown on all devices. (700 x 100)

ބ. ކަމަދޫއަށް ސީޕްލޭންގެ ހިދުމަތް ފަށަން އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުން އެކުލަވާލާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ހޯކްސް ހޮޓެލާ ދެމެދުގައެވެ. މޯލްޑިވިއަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް އިލްޔާސްއެވެ. ހޯކްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު، ހުސެއިން އަމާނެވެ.

މި ރަސްމިއްޔާތަށް ފަހު، އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވަމުން ރައީސް ވިދާޅުވީ، ސީޕްލޭންގެ ހިދުމަތް ފެށިގެން ދިއުމަކީ ލޯކަލް ޓޫރިޒަމް އެހާ ބޮޑަށް ތަރައްގީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްގީކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ރަށަކާއި އަޅާބަލާއިރު، ކަމަދޫއަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ކަމަދޫ ސްކޫލުގެ އާ އިމާރާތުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !