މިދިޔަ މަހު ލ. ގަމުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހު ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަނޑިއެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާވެގެން ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.
އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި ދިޔައީ ފަރުވާ ދެމުންނެވެ. އެ މީހާ ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވަނީ މައުލޫމާތު ދެއްވާފައެވެ.
+1
+1
ޚިޔާލުތައް