A wide advertisement which will be shown on all devices. (700 x 100)

މޯލްޑިވްސް މެޑިކަލް ކޮންފަރެންސް ރޭ ރަސްމީކޮށް ފަށައިފި

ރާއްޖޭގައި އުމުރުން ދުވަސްވީ އާބާދީ އިތުރުވަމުންދާ މި ދުވަސްވަރު، އެ ފަރާތްތަކަށް ދެވޭ ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ބާއްވާ “މޯލްޑިވްސް މެޑިކަލް ކޮންފަރެންސް” ރޭ ރަސްމީކޮށް ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމެވެ.

މިއަހަރުގެ ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ފަރުވާއަށް ހާއްސަ ސަމާލުކަމެއް ދިނުމާއި، މި ދާއިރާއިން ދިމާވާ ގޮންޖެހުންތަކާއި ކުރިއެރުންތަކާ މެދު މަޝްވަރާކުރުމެވެ. ރާއްޖޭގެ އާބާދީގެ ދުވަސްވީ ނިސްބަތް އިތުރުވަމުންދާތީ، މި ކޮންފަރެންސަކީ ވަރަށް މުހިންމު ފޯރަމެއް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސްނެގުމާއެކު ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސްގައި، ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި، ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ އެހެނިހެން ފަރާތްތަކުން ވެސް ބައިވެރިވެއެވެ. މި ކޮންފަރެންސަކީ ސިއްޙީ ދާއިރާގެ ފަންނީ މީހުންނަށް މަޢުލޫމާތު ބަދަލުކުރުމާއި، އާ ހޯދުންތަކާއި ބެހޭގޮތުން ދެނެގަތުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މިއަހަރުގެ “މޯލްޑިވްސް މެޑިކަލް ކޮންފަރެންސް” ގެ ޝިއާރަކީ “ޖެރިއެޓްރިކް، ލެޓްސް ޓޯކް އޭޖްޑް ކެއާ”އެވެ. މި ޝިއާރުން ދޭހަވަނީ އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮދޭ ފަރުވާގެ މުހިންމުކަން ރަމްޒުކޮށްދޭ އިރު، މިއީ ރާއްޖެއަށާއި އެހެން ގިނަ ގައުމުތަކަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

މި ކޮންފަރެންސަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ބުނެއެވެ. ބައިވެރިންނަށް ތަޖުރިބާކާރުންގެ ފަރާތުން މަޢުލޫމާތު ދިނުމުގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ފަރުވާގެ އެންމެ ފަހުގެ ހޯދުންތަކާއި، ބެސްޓް ޕްރެކްޓިސަސްތައް ހިއްސާކުރުމުގެ ފުރުސަތު މި ކޮންފަރެންސުން ލިބިގެންދާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !