A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތްތައް ފަށައިފި

ފުވައްމުލަކު ސިޓީގެ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތްތައް ފަށައިފިއެވެ.

މިއަހަރު ނިމުމުގެ ކުރިން ފުވައްމުލައް ސިޓީގެ މަސް ޕްރޮސެސްކުރާ ފެސިލިޓީގެ ހިދުމަތް ދޭން ފަށާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، (މިފްކޯއިން) އިން ވަނީ ބުނެފައެވެ.

ފުވައްމުލައް ސިޓީގެ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތްތައް ފެށުމަށާ މަރަމާތުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިފްކޯގެ ސީއީއޯ ވަނީ ފުވައްމުލަކަށް ވަޑައިގެންފައެވެ. މި ދަތުރުގައި ކައުންސިލާ ބައްދަލުކުރައްވާ ފުވައްމުލައް ސިޓީގެ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާ މި އަހަރު ނިމުމުގެ ކުރިން އެތަނުގެ ހިދުމަތްތައް ފަށާނެ ކަމުގެ ޔަގީންކަން މިފްކޯގެ ސީއީއޯ ދެއްވި އެވެ.

މީގެއިތުރުން މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް މިފްކޯއިން ވަނީ މިއަދު ފަށާފައެވެ.

މި ފެސިލިޓީގެ ހިދުމަތް ފެށުމާއިއެކު ރައްކާތެރިކަމާއިއެކު ބަންދުކޮށްފައިވާ މަހުގެ އުފެއްދުންތައް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ލިބޭނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !