ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަންޖެހޭ 3 މީހެއްގެ މައުލޫމާތު އާންމުކޮށްފިއެވެ. ފުލުހުން މިއަދު އިއުލާންކޮށްފައިވަނީ
ތ. ތިމަރަފުށި / އިރުދޭމާގެ، އުމުރުން 43 އަހރުގެ، އިސްމާޢީލް މޫސާ އާއި ހ. ހުދުފަޅު / މާލެ، އުމުރުން 48 އަހަރުގެ، މުޙައްމަދު ރިޒުވީ އާއި ހއ. މާރަންދޫ / ފިނިރޯޅި، އުމުރުން 48 އަހަރުގެ، އަޙްމަދު ނިޔާޒް ހޯދުމަށެވެ.
މީގެ ތެރެއިން އިސްމާއީލް މޫސާއާއި މުޙައްމަދު ރިޒްވީ ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ތަފާތު ދެ މައްސަލައަކާ ގުޅިގެންނެވެ.
އެގޮތުން އިސްމާއީލް މޫސާ 2025 އޮގަސްޓް 27 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް އަދި މުޙައްމަދު ރިޒްވީ 2025 އޮގަސްޓް 26 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލހުންވަނީ ބުނެފައެވެ.
އަޙްމަދު ނިޔާޒް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ 2025 26 އޯގަސްޓް ގެ ހެނދުނު 10:00 އަށް އޭނާ އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޯށްފައިވާތީއެވެ.
އެހެންކަމުން މި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.
ޚިޔާލުތައް