A wide advertisement which will be shown on all devices. (700 x 100)

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ބޮޑު އެއް މަޝްރޫއެވެ. 144.5 މިލިއަން ރުފިޔާގެ މި މަޝްރޫއު 455 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 9 އޭޕްރީލް 2025 ގައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެ ކަމަށާއި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު 4 ލޭނު މަގަކަށް ފުޅާ ކުރުމުގެ އަމަލީ މަސައްކަތް ފެއްޓުމަށް ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަހައްދު ބަންދުކޮށް، ޓްރެފިކް ރޫޓަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މުއްތަލިބް ވަނީ މީގެ އެއް ދުވަސް ކުރިން ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ރޭ ކުރި އިއުލާނެއްގައި ވަނީ ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް ޓަކައި 18 އޯގަސްޓް 2025 އިން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް ކައުންސިލުން ކުރި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !