A wide advertisement which will be shown on all devices. (700 x 100)

އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 3 މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފި

އަބްދުއްރަހްމާން މަރުގެ މައްސަލައިގައި ހައްޔަރުކުރި 3 މީހުންގެ ވަނަވަރު ފުލހުން ރޭ ހާމަކޮށްފިއެވެ.

އަބްދުއްރަހްމާން އާދަމް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އއ. މާޅޮސް /ލިލީ ފެހި 22 އަހަރުގެ މުހައްމަދު ވިސާމް އާއި، އެރަށު ފިނިވާގޭ 27 އަހަރުގެ އަހްމަދު ފާރިޝް އާއި، ހަމަ އެރަށު، ފިޔަ، 27 އަހަރުގެ އަހްމަދު އާޝިދު އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މުހައްމަދު ވިސާމް އަދި އަހްމަދު ފާރިޝް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަދި އަހްމަދު އާޝިދު 5 ދުވަހަށް ބަންދުކުރުމަށް ވަނީ ކޯޓުން އަމުރުކޮށްފައެވެ.

މި މަރާއި ގުޅިގެން މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ވަނީ މާޅޮހުގައި ދިރިއުޅޭ އެކަކަށް ވުރެ ގިނަ މީހުންގެ ފޯނު އަތުލައި ގެތައް ބަލާ ފާސްކޮށްފައެވެ. މި މައްސަލައާ ގުޅިގެން އަބްދުއްރަހްމާނެގެ އަންހެނުން ނާޒިމާގެ ފޯނުވެސް ފުލުހުން ބަލައިފާސްކުރިއެވެ. ނަމަވެސް އާއިލާ އެހެން މީހެއްގެ ފޯނު ފުލުހުން ހޯދާފައެއް ނުވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !