ހުޅުމާލޭ ވޯޓާރ ތީމް ޕާކްގެ ވިނަގަނޑު ތެރެއިން ފެނުނީ އޮގަސްޓް 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ ކަމަށް ފުލުހުން ކަށަވަރު ކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އިއްވާ ފެނުނީ ނޭޕާލް އަށް ނިސްބަތްވާ 29 އަހަރުގެ މީހެއް ކަމަށްވާ ރުޕާން ތަޕާ މަގަރް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
މިމިހާގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހެއެގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސްކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ބަލަމުން ކަމަށްވެސް ވަނީ ބުނެފައެވެ.
+1
+1
ޚިޔާލުތައް