ބ. އަތޮޅު ރިސޯޓެއްގައި ނިޔާވެފައި އޮއްވާ ފެނުނު ޒުވާނެއްގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައ އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި މަރުގެ ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ތަހުގީގު ޓީމުން ވަނީ ނިންމާފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.
+1
+1
ޚިޔާލުތައް