A wide advertisement which will be shown on all devices. (700 x 100)

މިފްކޯއިން ފުވައްމުލައް ސިޓީ ބަނދަރުން މަސް ގަންނަނަް ފަށައިފި

މިދިޔަ ބުރާސްފަތި ދުވަހުންފެށިގެން ފުވައްމުލައް ސިޓީ ބަނދަރުން މަސް ގަންނަ ފަށައިފިއެވެ.މިފްކޯއިން ބުނީ ފުވައްމުލައްސިޓީ އަށް މި ހިނގާ އޮގަސްޓްމަހު މިފްކޯގެ ސީއިއޯ ކުރެއްވި ދަތުރުފުޅުގައި ރައްޔުތުންނަށް ވައުދުވީފަދައިން މިފްކޯގެ ބޯޓު މި ދިޔަ ބުރާސްފަތި ދުވަހު ފުވައްމުލަކުގައި ވަނީ މަސްގަންނަން ފަށާފައި ކަމަށެވެ.

މިފްކޯގެ ބޯޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފުވައްމުލައް ސިޓީގައި ބަނދަރުކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ އިން މަސް ގަންނަން މިފްކޯއިން ވަނީ ފަށާފައެވެ. އަދި މީގެ ފަހުން ފުވައްމުލަކުން ދާއިމީކޮށް މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް ފުވައްމުލަށް ސިޓީގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ އެ ތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

ފުވައްމުލަކުގައި ގާއިމް ކުރާ މަސް ޕްރޮސެސްކުރާ މަރުކަޒު ނިމުމުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށާފައިވާއިރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން. އިތުރުކުރުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !