A wide advertisement which will be shown on all devices. (700 x 100)

އިންޖިނިއަރުންގެ ޤައުމީ އެވޯޑު 7 ކެޓަގަރީއަކުން ދިނުމަށް ނިންމައިފި

އިންޖިނިއަރުންގެ ޤައުމީ އެވޯޑު 7 ކެޓަގަރީއަކުން ދިނުމަށް ނިންމައިފިއެވެ.
މި އެވޯޑް އަންނަ އަހަރުން ފެށިގެން ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު މިއީ ދިވެހިރާއްޖޭގެ އިންޖިނިއަރުން ޤައުމަށް ކޮށްދޭ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެގޮތުން ދޭން ނިންމި އެވޯޑެކެވެ. އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާގިތުން މި އެވޯޑް ދޭ ކެޓަގަރީތަކަކީ، އަހަރުގެ އެންމެ މޮޅު އިންޖިނިއަރ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑު، ޒުވާން އިންޖިނިއަރު އެވޯޑު، ވިމެން އިން އިންޖިނިއަރިން ލީޑަރޝިޕް އެވޯޑު، ސަސްޓެއިނެބިލިޓީ ޗެމްޕިއަން އެވޯޑު، އެންމެ މޮޅު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް އެވޯޑު އަދި އެންމެ މޮޅު އިންޖިނިއަރިންގ ރިސަރޗް ޕޭޕަރ އެވޯޑެވެ.

ރާއްޖޭގައި އިންޖިނިއަރުންގެ ދުވަހެއް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ.
ދިވެހިރާއްޖޭގެ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30 ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާޙުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !