ގއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ “ކޮލަމާ” ނަމަކަށް ކިޔާ ބޯޓެއް މާލެއިން މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ގޮސް ފެނުނުއިރު ކެޕްޓަމް ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިބޯޓް ފެނިފައިވަނީ ގއ. އެކަފަރާ ކައިރިންނެވެ.
ކޮލަމާފުށީ ކައުންސިލް އިން ދިވެހި ޗެނެލްއަށް މައުލޫމާތު ދެމުން ބުނީ އެ ބޯޓާއި އެންމެފަހުން ގުޅުނީ ރޭގެ ވަގުތެއްގަ ކަމަށެވެ. އެބޯޓްގައި ތިބީ 17 މީހަކު ކަމަށެވެ. އާންމުކޮށް ބިދޭސީ ފަޅުވެރިންނާއެކު ދަތުރުކުރަމުންދާ އެ ބޯޓްގައިހުންނަނީ އެންމެ ދިވެއްސެއް ކަމަށާއި، އެއީ ބޯޓް ކެޕްޓަން ކަމަށެވެ.
“ބޯޓްގެ ކެޕްޓަން އަކީ ހާޓް ޕޭޝަންޓެއް ” ކައުންސިލް
ބޯޓްގައި އާންމުކޮށް ދަތުރު ކުރަނީ ބޯޓްގެ ކެޕްޓަންގެ އިތުރުން ބިދޭސީން ކަމަށްވެސް ކޮލަމާފުށީ ކައުންސިލް ވަނީ ބުނެފައެވެ. ބޯޓްގައި ފަޅުވެރިންގެ ގޮތުގައި ތިބި ބިދޭސީންނާއި ހަވާލާދީ ކައުންސިލް އިން ބުނީ ބޯޓް އަޑިއަށްދިޔައީ އިންޖީނަށް ދިމާވި ކަމެއްގެ ސަބަބުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން އެ ބޯޓު ދަތުރު ކުރީ ހުވަދު އަތޮޅުގެރަށްތަކަށް ކަމަށާއި، މާލެ އިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ފުރި ފަހުން އެއްވެސް ޚަބަރެއް ނުވާތީ އެ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެވެ.
ޚިޔާލުތައް