A wide advertisement which will be shown on all devices. (700 x 100)

ބްރޯންޒް މެޑަލް ހޯދި ޤައުމީ ބޮޑީބިލްޑިން ޓީމް ރާއްޖެ އަތުވެއްޖެ

57 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކޮށް ބްރޯންޒް މެޑެލް ހާސިލުކުރި ގައުމީ ބޯޑީބިލްޑިން ޓީމު ރާއްޖެ އަތުވެއްޖެއެވެ.

މި ޓީމަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނެވެ.

މިމުބާރާތުގައި ވާދަކޮށް ރާއްޖެއަށް ބްރޯންޒް މެޑެލް ގެނެސްދީފައިވަނީ ގައުމީ ބޯޑީބިލްޑިން ޓީމާއި ދާދިފަހުން ގުޅުނު މަނާފް ވަހީދެވެ.

އޮގަސްޓް މަހުގެ 18 އިން 25 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ މިމުބާރާތުން މަނާފަށް ލޯ މެޑެލް ލިބިފައިވަނީ ފިރިހެނުންގެ އެތުލެޓިކް ފިޒީކް 160 ސެންޓިމީޓަރު ބައިގައި ވާދަކޮށްގެންނެވެ.

ތައިލެންޑުގެ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމުކުރި މި މުބާރާތުގައި ރާއްޖެއިން ހަތަރު އެތުލީޓުން ވާދަކުރިއެވެ. އެއީ މަނާފްގެ އިތުރުން އަލީ މަބްރޫކް ލަތީފާއި، އިސްމާޢީލް ޝުޢާއު ޢަބްދުﷲ އަދި އަޙްމަދު ނަޢީމްއެވެ.

57 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އިން މަނާފް ލޯ މެޑެލް ހާސިލުކޮށްފަވަނީ 18 އެތުލީޓުންނާ ވާދަކޮށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !