A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސިޓީގެ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރުމުން މޯލްޑިވިއަންގެ ދަތުރުތަކަށް ބުރޫ އަރައިފި

ފުވައްމުލަކު ސިޓީގެ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރުމް މޯލްޑިވިއަނުން އެ ސިޓީއަށް ކުރަމުންދާ ދަތުރުތަކަށް ބުރޫ އަރައިފިއެވެ.

މޯލްޑިވިއަނުން ވިދާޅުވީ ފުވައްމުލަކު އެއާޕޯޓް ވަގުތީގޮތުން ބަންދުކުރުމުން ސްކެޖުއަލް ކޮށްފައިވާ ފްލައިޓްތަކުގެ ދަތުރުތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.

ފުވައްމުލަކު އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމި އެނގުނީ އިއްޔެގެ ލަސް ވަގުތެއްގައި ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. އަދި އަލުން ހުޅުވާނެ ތާރީހެއް ނޭނގޭ ކަމަށް ވެސް އެ އެއާލައިނުން ވިދާޅުވިއެވެ.

އެ ފްލައިޓްކުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސެންޖަރުންނަށް އެކަން އަންގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވަނީ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ޓަކައި މާފަށް އެދިފައެވެ. އަދި ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ފުވައްމުލަކު އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރި ސަބަބާ ގުޅޭގޮތުން ރީޖަނަލް އެއާޕޯޓްސްގެ ބަހެއް ލިބިފައި ނުވެއެވެ.

އިތުރު މައުލޫމާތު ސާފުކުރުން މޯލްޑިވިއަންގެ 24 ގަޑައިރު ހިދުމަތްދޭ ނަންބަރު 1671 އަށް ގުޅުމަށް އެ އެއާލައިނުން އެދިފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !