A wide advertisement which will be shown on all devices. (700 x 100)

އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން މެލޭޝިއާގައި ހައްޔަރުކުރި ބާތިން ދޫކޮށްލައިފި

ގެވެށި އަނިޔާގެ ތުހުމަތުގައި މެލޭޝިއާއިން ހައްޔަރު ކުރި ދިވެހި ރައްޔިތެއް ކަމަށްވާ އަބްދުﷲ ބާތިން މުހައްމަދު ދޫކޮށްލަން އެގައުމުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އޭނާ ބަންދުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ބާތިންއާ ދެކޮޅަށް ގެވެށި އަނިޔާގެ ދެ މައްސަލައިގެ އިތުރުން ޖިންސީ ގޯނާގެ މައްސަލައެއް ތަހުގީގުކުރިއެވެ. މެލޭޝިއާ ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި ބާތިންގެ ފޯން ނަންބަރާއި އެހެނިހެން މައުލޫމާތު ހިއްސާކޮށްގެން، އޭނާ އަތުލައިގަތީ ފޯނު ނަންބަރު ޓްރޭސްކޮށްގެން މެލެޝިއާގެ މަގުމަތިންނެވެ.

ސައިކަލެއްގައި ދަނިކޮށް ބާތިން ހައްޔަރުކުރި އިރު، އޭނާގެ ގައިން ނުވަތަ އަތުން ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ވެއެވެ. ބާތިން ހައްޔަރުކޮށް މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމުން ވަނީ ނައްސިވެފައެވެ.

ބާތިން އޭނާގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭއިރު، އިތުރު ދެ މީހަކަށް ބާތިން އިންޒާރު ދިން ކަމަށް ވެސް ތުހުމަތުކުރިއެވެ.

ބާތިންގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުނު މައްސަލަ، ގެވެށިއަނިޔާގެ މައްސަލައިގެ އިތުރުން ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި ބިރު ދެއްކުމުގެ ތުހުމަތުތަކެއް ވެސް ވަނީކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !