ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން، މަޖިލީސް އިދާރާއަށް މާލީ ބަޔާން ހުށަހަޅައިފިއެވެ.
މަޖިލީހަށް މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު އޮގަސްޓް މަހުގެ 31 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.
އެ މުއްދަތު ހަމަވިއިރު، ބަޔާން ހުށަނާޅާ ފަސް މެންބަރަކު ތިއްބެވެ.
އެ އިދާރާއަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް މި މަހުގެ އެއްވަނަ ދުވަހު ވަނީ ނޯޓިސް ފޮނުވާފައެވެ. އެ ނޯޓިސްގައި އޮތީ 15 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މާލީ ބަޔާން ހުށަހަޅާށެެވެ.
އެ މުއްދަތުގައި މަޖިލީހަށް މިހާތަނަށް މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންނަކީ ފީއެންސީގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އާއި މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީނެވެ. އަދި އެމްއެންޕީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.
މަޖިލީސް ވެބްސައިޓުން އެނގޭ ގޮތުގައި މާލީ ބަޔާން ހުށަނާޅާ މެންބަރުންވެސް މިހާރު ވަނީ މާލީ ބަޔާން ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާ މެމްބަރުންނަށް އަޅާ ފުރަތަމަ ފިޔަވަޅަކީ 15 ދުވަހުގެ ފުރުސަތެއް ދިނުމަށް ޓަކައި އެކަން ލިޔުމުން އެންގުމެވެ.
އެއަށް ފަހުގައި މާލީ ބަޔާން ހުށަނާޅާނަމަ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ މެމްބަރެއްގެ ނަން އިއްވައި، ތަޅުމުން ނެރުމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ޚިޔާލުތައް