A wide advertisement which will be shown on all devices. (700 x 100)

ބިންނުހިއްކިއަސް ދޮންފަނުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ކުރިއަށްދާނެ: ވަޒީރު މުއްޠަލިބް

ބ. ދޮންފަނު ބިން ހިއްކުން ކުރިއަށް ނުގެންދަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ދޮންފަނު ބިންހިއްކަން ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުއިއްޒު ބ. ދޮންފަނު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށަށް އޮގަސްޓް 13 ވަނަ ދުވަހު ކުރި ޒިޔާރަތުގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލު ކުރީ އެމްޓީސީސީއާއެވެ.

މި މަޝްރޫއުގެ ދަށުން އެރަށޫ 13.59 ހެކްޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައި އޮތެވެ.

ނަމަވެސް ރައްޔިތުން އެދުމުން ދޮންފަނު ބިން ނުހިއްކާ ގޮތަށް ރައީސް މިއަދު ވަނީ ނިންމަވާފައެވެ.

ރަައީސްގެ އެ ނިންމެވުމާއި ގުޅިގެން ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ، އެރަށު ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަަމަށެވެ.

އެރަށު ގޮނޑުދޮށް ހިމާޔަތް ކުރަންވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫއުގެ ތެރެއިން 73 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއި، 1276 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 314 މީޓަރުގެ ބޮޑުހިލައިގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، ދެ މީޓަރުގެ ދިގު 24 މީޓަރުގެ ފުޅާ ޖެޓީ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !