A wide advertisement which will be shown on all devices. (700 x 100)

މޯލްޑިވިއަންއަށް ޕައިލެޓުން ހޯދަން އިއުލާންކޮށްފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ހިންގަމުންދާ އައިލެންޑް އޭވިއޭޝަންގެ އޭ330 މަރުކާގެ މަތިންދާބޯޓަށާއި އޭ320 މަރުކާގެ މަތިންދާބޯޓަށް ޕައިލެޓުން ހޯދަން އެ ކުންފުނިން މިއަދު އިއުލާންކޮށްފިއެެވެ.

ދުރު މަންޒިލްތަކަށް ދަތުރުތައް ކުރުމަށް މޯލްޑިވިއަންގެ އޭ330-200 ގެ އެއާބަސްގެ ފުރަތަމަ ބޯޓު ގެނައީ މިދިޔަ ޖެނުއަރީ މަހުއެވެ. އަދި މިހާރު ދަތުރުތައް ދަނީ ކުރަމުންނެވެ. އޭގެ މިއަހަރު ފަހުކޮޅު އިތުރު ބޯޓެއް ގެންނާނެ ކަން ވަނީ އިއުލާންކޮށްފައެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ދެ ބޯޓަށް ބޭނުންވާ ކެޕްޓަނުންނާއި ފަސްޓް އޮފިސަރުން ހޯދަން އިއުލާން ކޮށްފައެވެ. މި މަގާމަށް ކުރިމަތިލެވޭނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވިއަން އިން މިހާރު ބޭނުން ކުރަމުންދާ އޭ330ގައި 264 ގޮނޑި ހިމެނޭ މަތިންދާބޯޓެވެ. އޭގައި ތިން ކެޓެގަރީއެއްގެ ގޮނޑި ހުންނާނެއެވެ. އެއީ ބިޒްނަސް އަށް 18 ގޮނޑި އާއި ފްރިމިއަކް އެކޮނަމީއަށް 36 ގޮނޑިއާއި އިކޮނޮމީ ކުލާހުގައި 210 ގޮނޑިއެވެ. އަދި އޭ320ގެ ބޯޓުގައި ހިމެނެނީ އިކޮނޮމިކް ކްލާހުގެ 138 ގޮނޑި އާއި ބިޒްނަސް ކްލާހުގެ 14 ގޮނޑިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !