A wide advertisement which will be shown on all devices. (700 x 100)

މި އަހަރުގެ އޯގަސްޓްގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 82 މިލިޔަން ރުފިޔާ ލިބިފައިވޭ: މީރާ

މި އަހަރުގެ ފުރަތަމަ އަށް މަސް ހަމަވިއިރު، މުދަލު ޒަކާތުގެ ގޮތުގައި 82 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދާ އަޅާބަލާއިރު، 9 މިލިޔަން ރުފިޔާގެ އިތުރު އަދަދެކެވެ.

މީރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޮގަސްޓު މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 8.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު 1 މިލިޔަން ރުފިޔާގެ ކުރިއެރުމެކެވެ.

މިދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި 73.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 10 އިންސައްތަ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މީރާއަށް ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 60 މިލިޔަން ރުފިޔާއެވެ. ނަމަވެސް، ޖުލައި މަހުގެ ވަކި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖުލައި މަހު 12.2 މިލިޔަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ޖުލައި މަހު ލިބިފައިވަނީ 15 މިލިޔަން ރުފިޔާއެވެ.

މުދަލު ޒަކާތަކީ، އެ މީހެއްގެ މުދަލުގައި ނިސާބު ހަމަވެ، އެ އަދަދު އަހަރެއް ވަންދެން ހިފެހެއްޓިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ. ޒަކާތް ވާޖިބުވަނީ އެ އަދަދެއްގެ 40 ބައިކުޅަ އެއްބަޔާ، އެއީ 2.5 އިންސައްތައެވެ.

މީރާއިން ބުނާ ގޮތުގައި މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 11،191.95 ރުފިޔާއެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. މުދަލު ޒަކާތް ނެރެން ޖެހެނީ މުދަލުގައި ނިސާބު ހަމަވެ، އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ، ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ މަހު ކަމަށާއި، މިހާރުގެ ނިސާބަކީ 9264.15 ރުފިޔާ ކަމަށް މީރާއިން މީގެ ކުރިން ވެސް ހާމަކޮށްފައި ވެއެވެ. 2016 ވަނަ އަހަރުން ފެށިގެން، މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. މީގެ ކުރިން މިކަން ކުރަމުން އައީ އިސްލާމިކް މިނިސްޓްރީންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !