A wide advertisement which will be shown on all devices. (700 x 100)

ލޫޓުވައިފި ދަވާލައިފި ލިޔެފަ ބެނާތައް ދަމަން އެންމެ ރަނގަޅީ އެމްޑީޕީ އޮފީސް ކުރިމަތީގައި: މެންބަރު ޝުޖާއު

އިދިކޮޅު އެމްޑީޕީން ބޭނުން ކުރަމުން އަންނަ ލޫޓުވައިފި، ދަވާލައިފި ފަދަ ޝިޔާރުތައް ހިމެނޭ ބެނާތައް ދަމަން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ އޮފީސް ކުރިމަތީގައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު، އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބާއްވަން ނިންމާފައިވާ އެއްވުމާއި ގުޅިގެން “އެކްސް”ގައި ކުރި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ލޫޓުވައިފި، ދަވާލައިފި މިފަދަ ޝިޔާރުތައް ހިމެނޭ ބެނާފަދަ ތަކެތި ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ ކަމުގައި ދެކޭ ކަމަށެވެ. ބެނާ ކިތައްމެ ވަރަކަށް މަގުތަކުގައި ދެމިއަސް މިސަރުކާރުން އެ ބެނާތަކެއް ނުނަގާނެ. ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ ވާދަވެރި ސިޔާސީ ހަރަކާތައް ޖާގަދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީ ސަރުކާރުގައި، ޝުޖާއުމެން އިދިކޮޅުގައި ތިބި ދުވަސްވަރު އެމްޑީޕީ ސަރުކާރުން ކަނޑުވިއްކާލައިގެންނާއި ދިވެހި ރައްޔިތުން ބިކަކޮށްގެންނާއި ފްލެޓްތައް ފޭރިގެން އުޅޭތީ، އެކަމާ ދެކޮޅަށް ބާއްވަން އުޅުނުހާ އެއްވުންތަކަށް އެއްވެސް ބެނާއެއް ދެމުމުގެ ހުއްދައެއް ނުދެއްވިކަމަށާއި އޭގެ މާނަ އަކީ އެމްޑީޕީގައި ތިބީ ފިނޑި ފިނދަނަތަކެކޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ސަރުކާރުން ދައުލަތް ލޫޓުވަމުން އަންނަ ކަމަށް ބުނެ އެމްޑީޕީން މާލޭގައި އެއްވުމެއް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި އެއްވުމަށް ވާން ޖެހޭ ތައްޔާރީތައް އެމްޑީޕީން ދަނީ ވަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !