A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީ ސަރުކާރުން ދިޔައީ 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާފައިކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވެއްޖެ

އެމްޑީޕީ ސަރުކާރުން ވެރިކަމުން ފައިބައިގެން ދިޔައީ އިސްލާމިކް މިނިސްޓްރީ 50 މިލިއަން ރުފިޔާއިން ދަރުވާލާފައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު މެންބަރުންގެ ސުވާލަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވަނީ ހިތަދޫގައި އެމްޑީޕީން އަޅަން ފަށާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ ފައިސާ ނުދޭތީ ކަމަށް ކޮންޓްރެކްޓަރު ބުނާ ކަމަށް ވިދާޅުވެފައެވެ. އެއީ ކިހިނެއް ހިނގާ ކަމެއްތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

“ތިޔަ ހިއްސާކުރެއްވި މައުލޫމާތަކީ މުޅިން ހަގީގަތާ ޚިލާފު މައުލޫމާތެއް،” މިނިސްޓަރުގެ ޖަވާބު ފެއްޓެވިއެވެ.

ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އެއީ މުޅިން ހަގީގަތާ ޚިލާފު މައުލޫމާތެއްކަމަށާއި އެ ސެންޓަރުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް އެއްވެސް ބިލަކަށް ފައިސާ ނުދައްކާ ނޯންނާނެ ކަމަށެވެ. ހުރިހާ ބިލަކަށް ފައިސާ ދައްކާފައިވާނެ ކަމަށާއި މަޝްރޫއުތައް ލަސްވަނީ [ކުރީގެ ސަރުކާރުން] ‘ކެޕޭސިޓީ’ ނެތް ކުންފުނިތަކާ މަސައްކަތް ހަވާލުކޮށްފައި އޮތުމުން ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިދިޔަ ސަރުކާރުގައި މިނިސްޓްރީގެ ދަށުން މަސައްކަތްކުރީ ފައިސާ ނުދީ ކަމަށާއި މިދިޔަ ސަރުކާރުގައި ފައިސާ ނުދީ މަސައްކަތްކުރުވާފައި ހުރި ހުރިހާ ކުންފުނިތަކަށް މި ސަރުކާރުން ފައިސާ ދީފައިވާ ކަމަށެވެ.

އެގޮތުން މި ސަރުކާރުން މިނިސްޓްރީގެ ކުރީގެ މަޝްރޫއުތަކަށް 170 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ގެ ޖަވާބު އަޑު އެއްސެވުމެއް ނެތި މެންބަރު ނާޒިލް އަޑުގަދަ ކުރައްވަމުން ގެންދެވުމުން މިނިސްޓަރ ވަނީ ސުވާލު ކުރައްވާފައި ޖަވާބު އަޑު އެއްސެވުމަށް އެދިވަޑައިގެންފައެވެ. އަދި 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާލާފައި ގޮސް މިއަދު ސުވާލުކުރަން ލަދުގަންނަން ޖެހޭނެ ކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

އެހާ ހިސާބުން މަޖިލީހުގެ އެތެރޭގައި މެންބަރުންގެ މެދުގައި ބޮޑު ޒުވާބެއް އުފެދި މަޖިލިސް ތެރެ ހަލަބޮލިވެ މެންބރުން އެކަކު އަނެކަކު ގަޔަށް އަތްލާ ކޮއްޕާ ހަދާތަންވެސް ފެނިގެން ދިޔައެވެ.

އިރުކޮޅެއް ފަހުން ގިނަ މެންބަރުން ވަނީ އެނބުރި ގޮނޑިކޮޅަށް ވަޑައިގެންފައެވެ. އެކަމަކު، މެންބަރު މައުރޫފް ކޮޅަށް އިހުތިޖާޖުގައި ހުންނެވުމުން އޭނާގެ ނަން އިއްވާ، ތަޅުމުން ވަނީ ނެރެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !