ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ރޭ ހުޅުމާލޭން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް 21 އޮކްތޫބަރުގެ ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނަމަވެސް އޭނާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
+1
+1
ޚިޔާލުތައް