މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލިކަލް ސަރވިސް، މެޓް އޮފީހުން، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމަޔަށް ޔެލޯ އެލަރޓް ނެރެފިއެވެ.
އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 09:30 އިން ފެށިގެން މެންދުރު ފަހު 13:30 އާ ހަމައަށެވެ. ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެކަމަށް މެޓުގެ އެލަރޓްގައި ވަނީ ބުނެފައެވެ.
މެޓް އޮފީހުން، ކުރިން އޮތީ ފަތިހު 05:30 އިން ހެނދުނު 09:30 އާ ހަމައަށް ތ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމަޔަށް ޔެލޯ އެލަރޓް ނެރެފައެވެ.
އަދި އޭގެ ކުރިން ރޭ ދަންވަރު 01:30 އިން ފެށިގެން ފަތިހު 05:30 އާ ހަމަޔަށް ތ. އަތޮޅުން މ. އަތޮޅާ ހަމައަށްވެސް އޮތީ ޔެލޯ އެލަރޓް ނެރެފައެވެ.
+1
+1
ޚިޔާލުތައް