އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.
އެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް އައްޔަންކުރީ، ސ. ފޭދޫ، އާބާދީގޭ އަލްފާޟިލާ ފާތިމަތު ޣާޒިޔާ ފަތުޙީ އެވެ. އޭނާ މަސައްކަތްކުރައްވަމުން ގެންދަވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގައެވެ. އެ ވުޒާރާއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އަދި ޕީސީބީންވެސް ވަނީ މިކަން އިއުލާންކޮށްފައެވެ.
+1
+1
ޚިޔާލުތައް