މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ، ޔުނައިޓެޑް ނޭޝަންސް ޓޫރިޒަމް އޯގަނައިޒޭޝަން، ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑަށް އިންތިޚާބުކޮށްފިއެވެ.
މަޓީއަކީ އެ ބޯޑުގައި ހިމެނުނު ރާއްޖޭގެ ފުރަތަމަ ޖަމްޢިއްޔާއެވެ. މަޓީއަށް ލިބިފައިވަނީ ދެކުނު އޭޝިއާ ސަރަޙައްދުގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއެވެ. އދ ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ ބޯޑަށް މަޓީ އައްޔަނުކޮށްފައިވަނީ 2026 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރާ ހަމައަށެވެ.
މަޓީ އެ މަގާމަށް އިންތިޚާބުވުމަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަޖުރިބާ ބައިނަލްއަޤްވާމީ މައިދާނަށް ހިއްސާކުރުމުގެ ރަނގަޅު ފުރުސަތަކަށް ވެގެންދާނެއެވެ.
އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އަޑު ދުނިޔެއަށް އިއްވުމުގެ ފުރުސަތު ލިބިގެންދިއުމުގެ އިތުރުން މިއީ ރާއްޖޭގެ ޓޫރިޒަމްގެ ތަޖުރިބާ ބައިނަލްއަޤްވާމީ މައިދާނަށް ހިއްސާކުރުމަށް ލިބޭ ވަރަށް ރަނގަލު ފުރުސަތެއްކަށްވާނެ ކަމަށް މަޓީން ފާހަގަކުރެއެވެ.
ޚިޔާލުތައް