A wide advertisement which will be shown on all devices. (700 x 100)

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ޗައިނާއާއެކު ސޮއިކޮށްފި

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ޗައިނާއާއެކު ސޮއިކޮށްފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ޗައިނާ ސަރުކާރާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ކަމަށާއި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމަށް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުކޮންގް ޝިއަންހުއާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެވުޒާރާއިން ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ޗައިނާއިން ކުރާނެ ކަމަށެވެ.

މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ގައުމާ އެކު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމި 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.

މާލޭގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެ އަޑިގުޑަން ވެފައިވާއިރު ވާރޭ ވެހިލާއިރަށް އެ މަގުތައް ވަރަށް ބޮޑަށް ފެންބޮޑުވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޗައިނާއިން ޒަމާނީ ފެންވަރަށް މަގުތަށް އަލުން މަރާމާތްކޮށް ނިމުމުން ފެންބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !