މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ޕޫރްނީމާ ގަޖްމާ ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ އަންހެނެއް ކަމަށެވެ.
ފުލުހުން ވިދާޅުވީ، އޭނާ މިދިޔަ އަންގާރަ ދުވަހުގެ 14:00 އެހާކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް އިއްޔެ އިރުއޮއްސި 18:56 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެ މައުލޫމާތު ކަމާ ގުޅޭ ހުރިހާ އިދާރާތަކާ ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ ޕޫރްނީމާ ގަޖްމާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
+1
+1



ޚިޔާލުތައް