A wide advertisement which will be shown on all devices. (700 x 100)

ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނު މައްސަލައިގައި އިތުރު 3 މީހަކު ހައްޔަރުކޮށްފި

ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި އިތުރު 3 މީހަކު ހައްޔަރުކޮށްފިއެވެ.

2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލހުންނަށް ހުށަހަޅާފައިވަނީ މި މަހު 9 ވަނަ ދުވަހުގައެވެ. މިއަދު މީޑިއާތަކާ މައުލޫމާތު ހިއްސާކުރަމުން ފުލހުން ބުނީ މައްސަލައާ ގުޅިގެން 2025 އޮކްޓޯބަރ 24 ވަނަ ދުވަހުގެ ވަގުތެއްގައި އިތުރު 3 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

ހައްޔަރު ކޮށްފައިވާ 3 މީހުންނަކީ:

ހދ.ވައިކަރަދޫ، ނޫރަލީގެ (42އ) އަޙްމަދު ޝަހީމް

ސ.ހިތަދޫ، ޗާނދަނީގެ (35އ)  ޙުސައިން ސާމިޙު

މާލެ، ހ. ރުމޭނިޔާ (35އ) އަޙްމަދު ފިރުސާން

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި ކުރިން ހައްޔަރުކުރި މުޙައްމަދު ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް 2 ވަނަ ފަހަރަށް ހާޒިރު ކުރުމުން ޝައީޢަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ފުލހުން ވަނީ ބުނެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !