A wide advertisement which will be shown on all devices. (700 x 100)

ޖޫނިއާ ސާފިން ޗެމްޕިއަންޝިފްގެ އަންހެން ބައިގެ ޗެމްޕިއަންކަން 8 އަހަރު އާލިޔާ ހޯދައިފި

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކުރިއަށް ގެންދިޔަ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2025ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އާލިޔާ ލަތީފް ހޯދައިފިއެވެ. އާލިޔާ ޗެމްޕިއަންކަން ހޯދީ މިއަދު ބޭއްވި ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސްގެ އަންހެންބައިގެ 18 އަހަރުން ދަށުގެ ބައިގެ ފައިނަލް ހީޓުގައި ވާދަކޮށް 10.23 ޕޮއިންޓް ހޯދައިގެންނެވެ. އާލިއާ ވަނީ ފައިނަލް ހީޓުގައި ވާދަކުރި ތިންވަނަ ރާޅަށް 4.23 ޕޮއިންޓް އަދި ހަވަނަ ރާޅުގައި ހަ ޕޮއިންޓް ސްކޯ ހޯދާފައެވެ.

އަންހެން ބައިގެ ދެވަނަ އަށް ދިޔައީ ޖުމްލަ 7.67 ޕޮއިންޓް ލިބުނު އައިޝާ ތާރާ ވާސިފަށެވެ. ތިންވަނައަށް ދިޔަ އަލައިކާ އަބްދުލް އަލީމަށް 3.86 ޕޮއިޖންޓް ލިބުނެވެ. މަރިޔަމް ޒޯހާ މާދިހަށް އެ ހީޓުން ލިބުނީ 0.93 ޕޮއިންޓެވެ.

މިމުބާރާތުގައި އަންހެން ބައިން ކުރިއަށް ދިޔައީ 18 އަހަރުން ދަށުގެ ކެޓަރީ އެކަންޏެވެ. ނަމަވެސް، ފިރިހެން 18 އަހަރުން ދަށާއި 16 އަހަދުން ދަށް އަދި 14 އަހަރުން ދަށުގެ އިވެންޓުކުރިއަށް ދިޔައެވެ.

ފިރިހެން 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ، އިނާން އަބްދުލް ހަންނާނާ ވާދަކޮށް ޔަސީން އަހުމަދު ނާޝިދެވެ. އުމުރުން 16 އަހަރުން ދަށުގެ ޗެމްޕިއަންކަން މި އަހަރު ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) އެވެ. އޭނާ ވަނީ ފައިނަލްގައި، މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ވާދަކޮށް 13.67 ޕޮއިންޓް ހޯދައިފަ އެވެ. މި އަހަރުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް ގައި އާލް އާދިލް އާއި ވާދަކޮށް ހުސެއިން އަޒާން އިސްމާއިލް އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !