މާލެ، މާފަންނު ގެއެއްގެ ސިޑި ގޮޅިއަށް ވެއްޓުނު މީހަކު ނިޔާވެއްޖެއެވެ.
މާފަންނުގައި ހުންނަ ގެއެއްގެ 6 ވަނަ ފަންގިފިލާއިން އެގޭ ސިޑި ގޮޅިއަށް މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު 4 ނޮވެމްބަރު 2025 ވަނަ ދުވަހު 18:29 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، ވެއްޓިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
47 އަހަރުގެ އެ މީހާގެ ނަމަކީ ރަތަންއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
+1
+1



ޚިޔާލުތައް