ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 318 ސްކޮލަރޝިޕްގެ ފުރުސަތަށް ހުޅުވާލައިފިއެވެ. ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ވިދާޅުވީ، 11 ދާއިރާއަކުން ސައުދީގެ ޔުނިވާސީޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ސަޢުދީގައި ހުރެ ކިޔެވުމުގެ އިތުރުން އެ ޤައުމުން ވަނީ ރާއްޖޭގައި ހުންނަ ސައުދީ އިމާން ޔުނިވަރސިޓީގައި ހިލޭ ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.
މި ސްކޮލަރޝިޕަށް އެދި ހުށަހެޅޭނީ، studyinsaudi.moe.gov.sa ޕޯޓަލް މެދުވެރިކޮށެވެ.
ސްކޮލަރޝިޕަށް ހުޅުވާލީ އަންނަނިވި ދާއިރާތަކަށެވެ.
– ބިޒްނަސް މެނޭޖްމަންޓް
– މީޑިއާއާ ގުޅުން ހުރި ދާއިރާތައް
– ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް
– ލޯ ސައިންސް
– އެޑިއުކޭޝަނަލް ސްޕެޝަލިޓީސް
– ސޯޝަލް ސައިންސަސް
– ދަނޑުވެރިކަން
– އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް
– އިންޖީނިއަރިން މޭޖާ
– އިސްލާމިކް ފީލްޑް ސްޓަޑީޒް
– އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތައް



ޚިޔާލުތައް