A wide advertisement which will be shown on all devices. (700 x 100)

“ފަންނީ އުފާ” މިމަހު 21 ވަނަ ދުވަހު ތުލުސްދޫގައި!

ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށްގެންދާ “ފަންނީ އުފާ” މިމަހު 21 ވަނަ ދުވަހު ކ. ތުލުސްދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ހަރަކާތް ބޭއްވުމަށް ނންމާފައިވަނީ މިމަހު 21 ވަނަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 23:00އަށެވެ.

އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގައި ޒުވާން ފަންނުވެރިންގެ އެކި ހުނަރުތަކާއި ހަރަކާތްތައް ދައްކާލާނެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.

ފަންނީ އުފާއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ފަންނުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށް އަދި އެފަރާތްތަކުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެވެ.

މި ޕްރޮގްރާމުގެ ތެރެއިން މުޖުތަމައުގައި މިހާރު ނެތެމުން އަންނަ ދިވެހި ސަގާފަތް ކުރިއަރުވައި އާލާކުރުމަށްޓަކައި އެކުވެރި އުފާވެރި މާހައުލެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !