A wide advertisement which will be shown on all devices. (700 x 100)

އިރާން ނެތިކޮށްލާނެ އިންޒާރަށްފަހު ދެހަފުތާއަށް ހަގުރާމަ ހުއްޓާލަން އެމެރިކާއިން އެއްބަސްވެއްޖެ

ވަގުތީ ގޮތުން ހަގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ގުޅިގެން އިރާނުން އުފާފާލުކުރަނީ

އިރާން އެއްކޮށް ނެތިކޮށްލާނެކަމުގެ އިންޒާރު ދިނުމަށްފަހު އެއިންޒާރުގެ ވަގުތު ހަމަވާން ކުޑަތަންވެފައިވަނިކޮށް ހުރުމޫޒު ކަނޑުއޮޅި ހުޅުވާލުމުގެ ޝަރުތާއިއެކު 2 ހަފުތާއަށް ހަގުރާމަ ހުއްޓާލަން އެއްބަސްވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ދެ ފަރާތުން ވެސް ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމެކެވެ.

ޓްރަމްޕްގެ އެއްބަސްވުން ހާމަކުރެއްވުމާ އެކު އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޖީ ވަނީ އީރާނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އެ ގައުމުގެ ހަމަލާތައް ވެސް މެދުކަނޑާލާނެކަން އިއުލާންކުރައްވައިފަ އެވެ. އަދި ދެ ހަފްތާގެ މުއްދަތަކަށް ހޮރްމޫޒް ކަނޑުއޮޅިން އަމާންކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު އީރާނުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަރަގްޖީ ވިދާޅުވީ އެކަން ކުރިއަށް ގެންދާނީ އީރާނުގެ ސިފައިންގެ ބައިވެރިވުމާ އެކު އަދި “ޓެކްނިކަލް ދަތިތަކަށް” ބަލައިގެން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ އިއްޔެގެ އިންޒާރާއިއެކު އެމެރިކާއާއި ދުނިޔޭގެ ގިނަ ކަންކޮޅުތަކުން ނުރުހުންވަނީ ފާޅުކޮށްފައެވެ. އެއީ ބައިނަލް އަގްވާމީ މުއާހަދާތަކާއި ގާނޫނު ތަކާއި ޚިލާފު ނަސްލު ނައްތާލުމުގެ އަމަލެއް ހިންގާނެކަމުގެ އިންޒާރެއްކަމަށް ގިނަ ބަޔަކު ސިފަކުރާ އެއިންޒާރާއި ގުޅިގެން އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓުން ޓްރަންޕް މަގާމުން ދުރުކުރުމަށްވެސް ގޮވާލިއެވެ.

ހަގުރާމަ ހުއްޓާލުމަށްފަހު ހުރުމުޒު ކަނޑުއޮޅިން އަމާންކަމާއިއެކު ދަތުރުކުރެވޭނެކަމަށް އިރާން އެއްބަސްވެފައިވާއިރު މިކަނޑުއޮޅު ހުރަސްކުރާ ފަރާތްތަކުން ފީއެއްނަގާނެކަމަށް އިރާނުން ކުރިން ބުނެފައިވެއެވެ. އެހެންކަމުން، އެމެރިކާއިން ހަގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވަނީ އިރާނުން ނަގާފީ އެގައުމު އާރާސްތުކުރުމަށް ނޫންގޮތަކަށް ބޭނުންނުކުރުމަށް އެއްބަސްވާ ގޮތުގެ މަތިންކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !