ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރެއްވި ފުވައްމުލަކު ސަމާ، ފާރޫޤް އަހުމަދު އަވަހާރަވެއްޖެއެވެ. ފާރޫޤު އަޙްމަދު އަވަހާރަވީ ގިނަ ދުވަސްތަކެއްގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިރޭގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަލްމަރްހޫމް ފާރޫޤު އަޙްމަދު ވަނީ ދަޢުލަތަށް 41 އަހަރު ޚިދުމަތް ކުރައްވާފައެވެ. އުމުރުން 85 އަހަރުގައި ދުނިޔެ ދޫކުރެއްވި ފާރޫގު އުފަންވެވަޑައިގަތީ 22 ޖެނުއަރީ 1941 ގައެވެ.
ފާރޫގު ސަރުކާރުގައި ޚިދުމަތް ކުރައްވަން ފެއްޓެވީ ޏ. އަތޮޅު އޮފީހުގެ ވަގުތީ 2 ނަންބަރު ކާތިބު ކަމުގެ މަގާމުގައި 1967 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ފުވައްމުލަކު އަތޮޅުވެރި ކަމުގެ މަޤާމު ފުރުއްވާފައިވަނީ 20 ސެޕްޓެމްބަރ 1986 އިން 8 ޖުލައި 1990 ވަނަ ދުވަހުގެ ނިޔަލަށެވެ. ފާރޫޤު އަޙްމަދު އަދާ ކުރެއްވި އިތުރު ވަޒީފާތަކުގެ ތެރޭގައި ޏ. އަތޮޅު އޮފީހުގެ ރޭޑިއޯ އޮޕަރޭޓަރުކަމާއި ސެކްރެޓަރީކަމާއި، ޏ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމާއި ޏ. އަތޮޅު އޮފީހުގެ އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމާއި، އަތޮޅުވެރިޔާގެ ބަދަލުގެ މަގާމު ހިމެނެއެވެ.



ޚިޔާލުތައް