A wide advertisement which will be shown on all devices. (700 x 100)

ޕެރަމެޑިކް އެމްބިއުލެންސް ގެ ޚިދުމަތް ދިނުމަށް ބޭނުންވާ އެމްބިއުލަންސް ހޮސްޕިޓަލާއި ހަވާލުކޮށްފި

ފުވައްމުލަކުގައި ޕެރަމެޑިކް އެމްބިއުލެންސް ގެ ޚިދުމަތް ދިނުމަށް ބޭނުންވާ އެމްބިއުލަންސް ޏ.އަތޮޅު ހޮސްޕިޓަލާއި އިއްޔެ ހަވާލުކޮށްފިއެވެ. އެސްޓީއޯ އިން ރާއްޖެ އެތެރެކޮށްފައިވާ މިއެމްބިއުލާންސްތައް ހޮސްޕިޓަލްތަކާ ހަވާލުކޮށްދެއްވީ އިއްޔެ އޮތް ރަސްމިއްޔާތެއްގައި ސިއްހަތާބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ސިއްހަތާބެހޭ މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތެއް ހޯދައިދީ، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްތަކަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

އިރުތިޝާމް ވިދާޅުވީ ޕެރަމެޑިކް އެމްބިއުލެންސްތަކަކީ ބަލިމީހުންގެ ހާލު އިތުރަށް ގޯސްނުވެ، ފަރުވާދޭ ސެންޓަރ ހަމައަށް ދެވެންދެން ސިއްހީ ފަރުވާދިނުމަށް ބޭނުންވާ ރަނގަޅު ވަސީލަތްތައް ހުރި އެމްބިއުލެންސްތަކެއް ކަމަށެވެ.

13 އަތޮޅެއްގައި ސީ އެމްބިއުލެންސްގެ ހިދުމަތް މިހާރު ލިބެމުންދާ ކަމަށާއި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭ ހުރިހާ އަތޮޅެއްގައިވެސް މި ހިދުމަތް ފެށޭނެ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !