މާދަމާ ބާއްވާ މަލްޓި ޕާޓީ ޑިމޮކްރަސީގެ 3 ވަނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންވާނީ މިގައުމުގައި އަދުލު އިންސާފު ގާއިމުކުރުމަށާއި ދައުލަތުގެ މާލިއްޔާއިން ކޮރަޕްޝަން ހިންގުން ހުއްޓުވުމަށް ކަމަށް ފުވައްމުލަކުގެ ސިޔާސީ އިސް ފަރާތަކުން ހާމަކޮށްފިއެވެ. މިކަލްނޫހައި ވާހަކަ ދައްކަމުން އެފަރާތުން ހާމަކުރި ގޮތުގައި ރާއްޖޭގެ އަދުލު އިންސާފާއި މެދު ރައްޔިތުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރެއެވެ. ޚާއްސަކޮށް “ޓެރަރިޒަމް ގާނޫނޭ” ބުނެ މީހުން ހިފާ ހައްޔަރުކޮށް ބޮޑެތި ހުކުމްތަކެއް ޖަހައި ޖަލު ބަންދު ކުރެވިފައިވާ ގޮތާއި މެދު އިންތިހާއަށް ކަނބޮޑުވުން ފާޅުކުރިއެވެ. ގާނޫނުތައް ހަދާފައިވާ މަފުޙޫމާއި މުޅިން ޚިލާފަށް އިދިކޮޅު ސިޔާސީ ފަރާތްތައް ޖަލު ބަންދުކުރަން ގާނޫނުތައް ބޭނުންކުރާ ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ. މިކަންތައްތައް ތަކުރާރުވަމުން އަންނަތާ އެތަކެއް ދުވަހެއް ވެއްޖެއެވެ.
މިއަދު މިއޮތީ ކޮންމެ ރައްޔިތަކަށް ވެސް ބަސްބުނަން ފުރުސަތު ލިބިފައެވެ. ގައުމުގައި އަދުލު އިންސާފު ގާއިމު ކުރުމަށް ވޯޓު ދެއްވާން ކެރިވަޑައިގަންނަވާށެވެ. އިންސާފަށް އެދި އަޑު އުފުލަން ޖެހެނީ ތިމާ ބޭއިންސާފުގެ ޝިކާރައަަކަށް ވުމުގެ ކުރިންނެވެ. އެހެންނޫން ނަމަ މާދަމާ ވެސް ބޭއިންސާފުން ތިމާއާއިމެދު ވެސް އަމަލުކުރެވިގެން ހިނގައިދާނެކަމަށް ގަބޫލުކުރާށެވެ.
ރާއްޖޭގެ ވެރިކަން 2011ގައި “ބަޣާވާތަކުން” ބަދަލުވުމުގެ ކުރިންވެސް އަދުލު އިންސާފުގެ މަގު ހަނިވަމުން ދިޔަތަން މާޒީގައި ވަނީ ފެނިފައެވެ. މިއަދު މިވަނީ އެމަގު ހަނި ވަމުން ގޮސް ހިމަ ބޮނބި ނަރެއްހާ ވަރު ވެފައެވެ. މާދަމާ ކޮންމެ ރައްޔިތަކު ވެސް އަދުލު އިންސާފު ގާއިމުކުރުމަށް ފަހިވާގޮތަށް ވޯޓު ދިނުމަށް އޭނާ ގޮވާލިއެވެ. ފުވައްމުލަކު ރައްޔިތުން ވަރަށް ސާބިތުކަމާއެކު މަދަމާ ބަދަލަކަށް ވޯޓު ދޭތަން ފެނިގެން ދާނެކަމަށް އެނާ ބުންޏެވެ.
މިއަދު ފުވައްމުލަކުގައި ވެސް ވަޒީފާ އުފެދެނީ ވަކި ސިޔާސީ ޕާޓީއެއްގެ ބަޔަކު ބޭނުްނވެގެން ބޭނުންވާ ވަކި ބަޔަކަށް ދޭންކަން މިއޮތީ ހާމަޔަށް ފެންނާށެވެ. މި ވެރިކަމުގައި ފުވައްމުލަކުން ދެވުނު ވަޒީފާތަކަށް ބަލާށެވެ. މަންޒަރު ސާފު ވާނީ ވާހަކަޔަށް ވުރެ ކަމުން ނުވަތަ އަމަލުންނެވެ.
އެންމެ ފަހުން ދައުލަތުުން ބާއްވާ މިއިންތިޚާބުގެ އޮފިޝަލުންނަށް ވެސް ބައްލަވާށެވެ! ވޯޓުފޮށީގެ އޮފިޝަލުން ނަގާފައި އޮތީ އިންސާފުން ކަމަށް ގަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ވޯޓު ފޮށީގެ އޮފިޝަލުން ނެގީ ކޮން ތަނަކުން އައި ލިސްޓަކަށް ކާކުގެ ބާރުވެރިކަމެއްގެ ނުވަތަ ކާކުގެ ނޭދެވޭ ނުފޫޒެއްގެ ދަށުން ހެއްޔެވެ؟ މިކަން ފުވައްމުލަކުގެ ރައްޔިތުންނަށް ވަރަށް ސާފެވެ.
ދައުލަތުގެ މާލިއްޔާއިން ގެއްލިފައިވާ ފައިސާތަކަށް ވީގޮތް އެގެން އޮތީ މިވެރިކަން ބަދަލުކޮށް ގެން ކަމަށް އޭނާ ހަމަކުރިއެވެ. މިއަދު މިދައްކާ އެތައް ބިލިޔަން ރުފޔާއެއްގެ ކޮރަޕްޝަން މިހާރު ޖަލުގައި ވާ އަދީބު އާއި ހަމައިން ނިންމާލައިގެން އެފައިސާ އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އެފަރާތުން ހާމަކުރިއެވެ. އެފައިސާ ދައުލަތުގެ މާލިއްޔަތަށް ވެއްދުމަށް އެކަމާއި ބައިވެރިވި އެންމެން ހޯދާ، ހާމަކޮށް ދޭނޭ ވެރިޔަކަށް މިއަދު މިވަނީ ބޭނުން ވެފައެވެ. ދައުލަތުްނ ހިންގާ ކޮންމެ ޕްރޮޖެކްޓެއް ދެފުށްފެންނަ ހާމަކަން ބޮޑު ގޮތެއްގައި ކުރިޔަށް ނުގެންދެވެނީ ކީއްވެހެއްޔެވެ؟ ރައްޔިތުންގެ އިތުބާރު ބޭނުން ނުވަނީހެއްޔެވެ؟
ޑިމޮކްރަސީގައި ވޯޓަކީ އަސާސީ ހައްގަކަށް ވީހިނދު އެވޯޓުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާ ގައުމަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރަން ޖެހެއެވެ.
މިކަލް ވޯޓުގައި ވޯޓު ދެއްވާ! [poll id=”2″]



ޚިޔާލުތައް
ވޯޓު ދޭނީ މިސަރުކާރާއި ދެކޮޅަށް! ވޯޓު ދޭނީ ނަމްބަރު 2 އަށް