މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ދެކުނު އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ. ދެކުނުގެ އަތޮޅުތަކަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަަށް ވެސް ވިއްސާރަ ވާނެ ކަމަށް މެޓް އޮފީހުން ހާމަ ކުރެއެވެ.
ހުޅަނގުގެ ވިއްސާރައިގެ ސަބަބުން ކުރިއަށް ތިން ދުވަހަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ވިއްސާރަވެ، ވައިގަދަވެ، ކަނޑުވެސް ގަދަވާނެކަމަށް ބެެވޭކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.
އެހެންކަމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އެއޮފީހުން އިލްތިމާސްކުރެއެވެ.

ޔެލޯ އެލާޓް:
މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.



ޚިޔާލުތައް