A wide advertisement which will be shown on all devices. (700 x 100)

ފުރަތަމަ ފަހަރަށް ތްރީޑީ ޕްރިންޓިންއިން އުފެއްދި މޭކަށިގަޑެއް ކާމިޔާބުކަމާއެކު ލައްވައިފި

3ޑީ ޕްރިންޓިން އިން އުފެއްދި ޓައިޓޭނިއަމް މޭކަޑިގަނޑުގެ ފޮޓޯއެއް- މިއީ ޓެކްނޮލޮޖީގެ މުޅިން އައު ހޯދުމެއް.

ތްރީޑީ ޕްރިންޓިން ބޭނުންކޮށްގެން އުފެއްދި މައުދަނުގެ މޭކަށިގަޑެއް ކެންސަރު ބަލީގެ މީހަކަށް ކާމިޔާބުކަމާއެކު ފުރަތަމަ ފަހަރަށް ލައްވައިފިއެވެ. ސްޕެއިނުގެ 54 އހަރުގެ ކެންސަރު ބަލީގެ މީހެއްގެ މޭކަނޑިގަނޑުން ބައެއް ކަނޑާލަން ޖެހުމުން އޭނާގެ ޑޮކްޓަރުންގެ ޓީމުން އިޚުތިޔާރު ކުރީ، މޭކަށިގަނޑުން ކަނޑާލާބައި 3ޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓައިޓޭނިއަމުން އުފައްދާށެވެ. އޭނާގެ ރިބްކޭޖުގެ(މޭކަށިތައް) ބަޔަކާއި ސްޓަރނަމް (ދެފަރާތުގެ މޭކަށިތައް ކުރިމަތިން ގުޅުވައިދޭ މައި ކަށިގަނޑު) އުފެއްދުމަށެވެ.

ޑޮކްޓަރުން 3ޑީ ޕްރިންޓިން ޓެކްނޮލޮޖީ އިޚުތިޔާރުކުރީ ބަލިމީހާގެ ހަށިގަނޑަށް ފެތޭގޮތަށް އެންމެ ފުރިހަމަ މިންތަކުގައި ބައިތައް އުފެއްދުމަށް 3ޑީ ޓެކްނޮލޮޖީއަށް ލިބިފައިވާ ގާބިލުކަމުންނެވެ. މިކަމުގައި ސްޕެއިނުގެ ޑޮކްޓަރުންގެ ޓީމުން އެހީތެރިކަން ހޯދީ އޮސްޓްރޭލިޔާގެ ބޭސްވެރިކަމުގެ އާލާތްތައް އުފައްދާ ކުންފުންޏެއް ކަމަށްވާ އެނަޓޮމިކްސްއިންނެވެ.

އެނަޓޮމިކްސްގެ ސީއީއޯ ހާމަކުރެއްވި ގޮތުން މިޓެކްނޮލޮޖީ ބޭނުންކުރި އެއްސަބަބަކީ އިންސާނާގެ މޭކަށިތަކުގެ ޖީއޮމެޓްރީގެ ތަފާތުކަމެވެ. އެނަޓޮމިކްސް ކުންފުނިން ޓައިޓޭނިއަމުން މިބައި އުފައްދާފައި ވަނީ އޮސްޓްރޭލިޔާގައި ހުންނަ ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޯގަނައިޒޭޝަންގެ(ސިރޯ) ބާރުގަދަ، ލެބް22 ގައެވެ. ލެބް22 އަކީ މެޓަލްއިން ޕްރިންޓްކުރުމުގެ ގާބިލުކަން ލިބިފައިވާ ދެވަނައެއް ނެތްފަދަ ވަސީލަތެކެވެ. މިކަމަށް ބޭނުންކޮށްފައި ވަނީ 1.3 މިލިއަން ޑޮލަރުގެ އާކެމް ޕްރިންޓަރެކެވެ. ސިރޯގެ އޮފިޝަލަކު ވިދާޅުވަފައި ވަނީ، ކުދި އަދި މެދުފަންތީގެ ކުންފުނިތަކާއެކު މިފަދަ އަގުބޮޑު ވަސީލަތަތް ބޭނުންކުރުމުގައި އަދިވެސް އެމީހުންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މި 3ޑީ ޕްރިންޓަރުން ކުރާކަމަކީ އެލެކްޓްރޯން ބީމެއް މެދުވެރިކޮށް ޓައިޓޭނިއަމް ކުނޑި (ޕައުޑަރ) ތައް ފައްތަރަކަށްފަހު ފައްތަރެއް(ލޭޔަރސް)ގެ މައްޗަށް ވާގޮތަށް ވިރުވަމުން ގެންގޮސް އަސްލު އެއްޗާއި ހުރިހާ ގޮތަކުން އެއްމިނަކަށް އުފައްދާ އެތި ގެންނަނީ އެވެ.

މިއުފެއްދުން ސްޕެއިނުގެ ހޮސްޕިޓަލެއްގައި ކާމިޔާބުކަމާއެކު ބަދަލުކޮށް ބަލިމީހާ 12 ދުވަހުގެ ތެރޭގައި ގެއަށް ދޫކޮށްލާފައިވާ ކަމަށް ވެއެވެ. ކުރިން މީގެ އޮޕަރޭޝަންތަކަކީ އިތުރު މައްސަލތައް ކުރިމަތިކުރުވާ އޮޕަރޭޝަން ތަކެކެވެ. އެހެން ވަނީ ލައްވާ އެތި ދުވަސްކޮޅަކުން ދޫވުމާއި ބަރާބަރު މިންތަކަށް ތައްޔާރުކުރަން ދިމާވާ ގޮންޖެހުންތައް ކަމަށް މާހިރުން މައުލޫމާތު ހާމަކުރެއެވެ. ނަމަވެސް މިފަހަރުގެ އުފެއްދމުން އަދި މިހާތަނަށް އެއްވެސް މައްސަލައެއް ނުޖެހި ބަރާބަރަށް ބަލިމީހާ ރަނގަޅުވަމުން އަންނަކަމަށަ ޑޮކްޓަރުން މައުލުމާތު ހާމަކުރެއެވެ.

މިއުފެއްދުމާއެކު އެކަމުގައި މަސައްކަތް ކުރި ޑޮކްޓަރުން ބުނެފައި ވަނީ، މީގެ ސަބަބުން މިހާރު ސީދާ ވަކިވަކި ބަލިމީހާއަށް ބޭނުންވާ ހަށިގަޑުގެ ބައިތައް އުފެއްދުމުގެ ގާބިލުކަން އެމީހުނަށް އެންމެ ފުރިހަމަ ގޮތުގައި ލިބިގެން ދާނެ ކަމަށެވެ.

ސްޕެއިން –އޮސްޓްރޭލިޔާ ގެ ޓީމުގެ މިއުފެއްދުމުގެ ވާހަކަ މިދިޔަ ހުކުރު ދުވަހު (11 ސެޕްޓެމްބަރ 2015 ގައި) ވަނީ އޮސްޓްރޭލިޔާގައި އާއްމުކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !