މަހަށް ގޮސް އުޅެނިކޮށް ޚަބަރެއް ނުވުމުން، ހޯދަމުން ދިޔަ ފުވައްމުލަކު “ކަނޑު ރޯދި” މަސްދޯނި މިއަދު ހެނދުނު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން މީޑީއާއަށް މައުލޫޟާތު ދިން ގޮތުގައި ދޯނި ފެނިފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު ސ. ގަން ކަނޑުންނެވެ. މި ދޯނިން ދަތުރު ކުރި އެންމެންގެ ވެސް ހެޔޮހާލުގައި ވާ ކަމަށާއި، ދޯނި ޙދުމުގެ މަސަައްކަތުގަިއ ބައިވެރިވި ކޯސްޓްގާޑް ޝިޕް ނޫރައްދީން ދޯނި ކައިރީގައި ހަރަކާތްތެރި ވެފައިވާކަމަށެވެ.
މިދޯނި މަހަށް ނިކުމެފައިވަނީ ތިން މީހުންނާއެކު އެކުއެވެ. ހޮނިހިރު ދުވަހުގެ ރޭ މަހަށް ނިކުމެފައި ނިކުމެފައި، އާދީއްތަ ދުވަހު އެދޯނީގެ ކަބަރެއް ނުވެގެން އެދޯނީގައި މަހަށް ދިޔަ މިހަކުގެ އާއިޅާ މީހަކު އެދޯނީގެ ޚަބަރެއް ނުވާކަމަށް އެމްއެންޑިއެފަށް އަންގައިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެދޯނި ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ މިއަދު ހެނދުނުއެވެ.
ޚިޔާލުތައް