ހައްޖަށްދާން ޕެންޝަން ފައިސާ ބޭނުންުކުރެވޭ ގޮތަށް ޕެންޝަނާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފި އެވެ. ހައްޖަށްދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައިދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
މި އިސްލާހުގެ ގައިވާ ގޮތުން ހައްޖަށްދާން ބޭނުންކުރެވޭނީ ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސަންޓްއެވެ. އަދި މިފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. މި ބިލުގައިވާ ގޮތުން، މިފައިސާ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅަންވެސް ޖެހެއެވެ.
މިއިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމެވެ. ދެން އޮންނަ މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ފާސްކުރަން ފެނޭތޯ ވޯޓަށް އަހަން ވަނީ އެޖެންޑާ ވެސް ކޮށްފަ އެވެ.



ޚިޔާލުތައް