ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) ގައި އަންނަ އަހަރު އަލުން ގްރޭޑް 7 އަށް ކިޔަވައިދޭން ފަށާނެކަން އެ މަރުކަޒުން މިއަދު އިއުލާން ކޮށްފިއެވެ. ނިމިގެން މިދާ 2018 ވަނަ އަހަރު އެމަރުކަޒުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 ން 12 އަށެވެ.
މިއަދު ޏ.އޭއީސިން އިއުލާން ކުރީ އަންނަ އަހަރު ގްރޭޑް 7 ށް އެސްކޫލަށް ކުދިން ވައްދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއެކު ގްރޭޑް 7 ދަރިވަރުން ނަށް އެސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
މީގެ ކުރިން، މިމަހު 11 ގަިއ ޏ.އޭއީސީން އިއުލާންކޮށްފައި ވަނީ އެސްކޫލުަގއި ގްރޭޑް 8 އުފައްދައި އެ ގްރޭޑަށް ކުދިން ވެއްދުމަށެވެ.
އެ ސްކޫލަށް ވަންނަން އެދޭ ފަރާތްތަކުން އަންނަ ޖެނުއަރީ މަހު 1 ވަނަ ދުވަހުގެ 14:00ގެ ކުރިން އެސްކޫލަށް ދަރިވަރުން ވައްދަން އެދޭ ފޯމު ފުރިހަމަކޮށް ޕާސްޕޯރޓް ފޮޓޯއަކާއި އައިޑީ ކާޑުގެ ކޮޕީއަކާއި އެކު ހުށަހެޅުމަށް އިއުލާންކޮށްފައި ވެއެވެ. މިއަދުން ފެށިގެން އެ ސްކޫލުން ފޯމު ދޫކުރަމުން އަންނާނެ ކަމަށް ވެއެވެ.
ޏ.އޭއީސީ އަކީ 1984 ހާ ހިސާބު ހުޅުވުނު ސްކޫލަކެވެ. އެސްކޫލުގައި 1988 އާއި އަމަޔަށް ކިޔަވައިދީފައި ވަނީ ގްރޭޑް 7 އާއި ހަމަޔަށެވެ. އަދި އެއިގެ ފަހުން ސެކަންޑަރީ ގްރޭޑްތައް އުފައްދައި ގްރޭދް 10 އާއި ހަމަޔަށް ކިޔަވައިދެމުން އައިސްފައިވެއެވެ.
އެއިގެ ފަހުން މަތީ ސާނަވީ އުފައްދައި ގްރޭޑް 11،

ޏ.އޭއީސީ 2018
12 އަށް ފަހު އޭލެވެލް ވެސް ހަދަން ފެށިއެވެ. އެއާއިއެކު ޏ.އޭއީސީ އަކީ ސެކަންޑަރީ ސްކޫލެއް ކަމަށް ނިންމައި، ޕްރައިމަރީ ކްލާސްތައް ރަށުގެ އެހެން ސްކޫލްތަކަށް ބަދަލުކުރެވުނެވެ. އެގޮތުން ކުރީގެ އެމްޖޭއެމް (މިހާރު އެމްޖޭއެސް) އާއި ފުވައްމުލަކު ސްކޫލް އަދި ހާފިޒު އަހުމަދު ސްކޫލަކީ ޕްރައިަމރީއަށް ކިޔަވައިދޭ ސްކޫލަތައް ކަމުގައި ހަމަޖެހި އެސްކޫލްތަކަށް ގްރޭޑް 1- 7 ގެ ކްލާސްތަކުގެ ކިޔެވުން ބަދަލުކުރެވުނެވެ.
ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް އައި ބަދަލާއި ގުޅިގެން ޕްރައިމަރީ ސްކޫލްތަކަށް ޕްރީ ސްކޫލް ބައި (އެލްކޭޖީ އަދި ޔޫކޭޖީ ކްލާސްތައް) އެއްކަސްލައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 7އަށް ކިޔަވައިދޭން ފެށުނެވެ.
އެއގެ ފަހުން ހުިރިހާ ސްކޫލަކީވެސް ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10ށް ކިޔަވާ ސްކޫލަތަކެއްގެ ގޮތުގައި ހެދުމަށް ފެށި މަސައްކަތުން ފުވައްމުލަކުގެ 3 ޕްރައިމަރީ ސްކޫލްގައި ގްރޭޑް 8 އަށް މިއަހަރު ކިޔަވައިދީފައި ވެއެވެ. އަދި އަންނަ އަހަރު ފުވައްމުލަކުގެ ހުރިހާ ސްކޫލެއްގައި ގްރޭޑް 9 ފެށުމާއި މެދު ތަފާތު ގޮތްގޮތަށް ވަހަކަ ދެކެވިފައިވެއެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން ހާފިޒު އަހުމަދު ސްކޫލާއި އެމްޖޭއެސް އަދި ފުވައްމުލަކު ސްކޫލުގައި ވެސް 1-9 އަށް އަންނަ އަހަރު ކިޔަވައި ދޭނެއެވެ.
ނަމަވެސް ޏ.އޭއީސީގައި ކިޔަވައި ދޭނީ ގްރޭޑް 7ން ގްރޭޑް 12 އަށެވެ.

ކުރިން ޕްރައިމަރީ ސްކޫލެއް – ފަހުން ސެކަންޑަޜީ ސްކޫލެއް އަލުން…؟



ޚިޔާލުތައް