A wide advertisement which will be shown on all devices. (700 x 100)

ޖޭޕީއިން މަޖުލިޙުގެ 87 ދާއިރާއަށް ވާދަކުރަނީ…؟

ޖޭޕީގެ ލީޑަރު ގާސިމް އާއި ޖޭޕީގެ މެންބަރުން

ކުރިޔަށް އޮތް ރައްޔިތުން މަޖުލީހުގެ އިންތިޚާބުގައި މަޖުލީހުގެ 87 ދާއިރާއަށް ކުރިމަތިލާން ޖެހިއްޖެއިޔާ އެކަން ކުރަން ފަސް ނުޖެހޭނެ ކަމށާއި އަދި ‘ވާދަ ކުރާނެ ކަމަށް’ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ކުނޫޒުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަޖުލީހުގެ ރައީސްކަން ކުރައްވާ ގާސިމް ވިދާޅުވީ “ވާދަކުރަން ޖެހިއްޖެއްޔާ އަޅުގަނޑުމެންނަށް ވެސް 87 ދާއިރާ އަށް ވާދަކުރެވޭނެ. އަދި ކުރަން ވެސް ކުރާނަން،” ކަމަށެވެ.

މި އިބާރާތުގައި “އަދި ކުރަން ވެސް ކުރާނަން” – މާނަކޮށް ދެނީ ޖޭޕީއިން މަޖުލީހުގެ 87 ގޮނޑިއަށް ނުވަތަ ދާއިރާއަށް ވާދަ ކުރާނެ ކަމެވެ. ޖޭޕީގެ މެމްބަރުން ވެސް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ޝައުގުވެރިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މަޑުން ތިބީ ވާދަކުރަން ނުކެރިގެން ނޫން ކަމަށާއި ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ތިބެން ވެގެން މަޑުކުރީ ކަމަށެވެ. އަދި އެޕާޓީން ކޯލިޝަނާއި ވަކިނުވާނެ ކަމަށް ވިދާޅުވިއެވެ.

ކޯލިޝަން ވެރިކަމުގައި ޖޭޕީއަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ނަމަވެސް މިހާތަނަށް އެޕާޓީން އެކަމުގައި މިފަދަ ގޮތަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

ގާސިމުގެ ވާހަކާ ނުސީދާކޮށް ބޮޑަށް އަމާޒުވަފައި ހުރީ އެމްޑީޕީއާއި ދިމާލަށެވެ. ސޯޝަލް މީޑިއާގައި އެމްޑީޕީގެ ސަޕޯޓަރުން ޖޭޕީއަށް ފާޑުކިޔާތީ އެކަމަށް ވެސް ގާސިމު މިރޭގެ ބައްދަލުވުމުގައި ރައްދު ދީފައި ވެއެވެ. ސޯޝަލް މީޑީއާގައި އެޕާޓީއަށް އަމާޒުވާ ފާޑުކިޔުންތަކުން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އަބުރުގެ ގާނޫނު އަލުން ވުޖޫދު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

މަޖުލީހުގައި އެންމެ ފަހުން ބޭއްވުނު ޖަލްސާއަށް ޖޭޕީގެ 6 މެންބަރަކު ހާޒިރުނުވެ، ޖަލްސާގައި ވޯޓަށް އަހަން ބޭނުންވި މުހިންމު ބިލްތަކަށް ވޯޓަށް ނާހައި މަޖުލިސް ދޮޅުމަސް ދުވަހުގެ ޗުއްޓީއަށް ދިއުމުން އެމްޑީޕީގެ އެކްޓިވިސްޓުންގެ ފާޑުކިޔުންތައް ޖޭޕީއަށް ވަރަށް ބޮޑަށް އަމާޒުވެގެން ދިޔައެވެ.

އެގޮތުން، ޖޭޕީން ބޭނުންވި ހުރިހާ ބިލެއް އަވަސް އަރުވާލައިގެން މަޖުލީހުން ފާސްކޮށް ނިންމާފައި ސަރުކާރަށް މުހިންމު ބިލަތައް ބަހައްޓާފައި މަޖުލިސް ޗުއްޓީއަށް ދާންޖެހުމުގެ ޒިންމާ އެ ފަރާތްތަކުން އަޅުވަނީ ޖޭޕީ ގެ ބޮލުގައެވެ.

މިކަމާ އެޕާޓީއަށް އެންމެ ފަހުން ކެތް ނުކުރެވިގެން މިރޭ މީޑިއާ ނެދުވެރިކޮށް އެޕާޓީގެ އިހުސާސްތައް ބޭރުކޮށްލީ ކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !