މި ސަރުކާރުގައި ސިޔާސީ ގޮތުން އައްޔަން ކުރައްވާ ފައިވާ ފަރާތްތައް މަގާމަށް އަހުލުވެރި ކުުރުމުގެ ނުވަތަ އޮރިއެންޓޭޝަން ޕްރޮގްރާމެއް ރައީސް އޮފީހުން ފައްޓަވައިފިއެވެ. މިއަދު ފެއްޓެވި މިޕްރޮގްރާމުގައި ސިޔާސީ ގޮތުން އައްޔަން ކުރައްވާފައިވާ ބައެއް ފަރާތްތައް ބައިވެރިވިއެވެ. މި އޮރިއެންޓޭޝަން އިތުރު ފަރާތްތަކަށް ވެސް ކުރިޔަށް ގެންދެވޭނެެ ކަމަށް ވެއެވެ.
މިއީ ސަރުކާރު ހިންގުން ހަރުދަނާކޮށް މަސައްކަތުގެ ނަތީޖާ ނެރުމަށް އަމާޒުކުރެވިގެން ކުރިޔަށް ގެނެދެވޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމު އިތުރު ދުވަސްތަކަކަށްް ދެމިގެންދާނެ ކަމަށް ވެއެވެ.
މިފަދަ އޮރިއެންޓޭޝަނަކުން ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަންވީ ގޮތް ސިޔާސީ އެންމެހާ މަގާމުތަކުގައި ތިބި ފަރާތްތަކާއި ހިއްސާކުރެވި އެއިގެ ފައިދާ ސަރުކާރުން ހިންގާ ކަންކަމުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
+1
+1



ޚިޔާލުތައް