A wide advertisement which will be shown on all devices. (700 x 100)

މާރާލާފައި އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަނުން ފުވައްމުލަކުގެ ދެމީހަކާ ގުޅޭ މައްސަ ބަލަން ނިންމައިފި

ގެއްލުވާލާފައިވާ މީހުނާއި މަރާލާފައިވާ މީހުގެ މައްސަލަތައް ބެލުމަށް އުފެއްދެވި ކޮމިޝަނުގެ މެންބަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު ވެރިކަމަށް ހުވާ ކުރެއްވުމާއެކު ވެވަޑައިގެންނެވި ވައުދުގެ ތެރެއިން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ކޮމިޝަނުން ފުވައްމުލަކުގެ ދެމީހެއްގެ މައްސަލަ ވެސް ބަލަން ނިންމައިފިއެވެ. އެކޮމިޝަނުން ބަލާ ފުވައްމުލަކުގެ ދެމީހުންގެ މައްސަލައަކީ ދޫނޑިގަމު އަވަށު އޮޅުތެރެގޭ މުހައްމަދު ޝަފީއު އިބްރާހިމް ގެއްލިފައިވާ މައްސަލަ އާއި ދޫނޑިގަމު ފުވައްމުލަކު ދޫޑިގަމު އަންދަލީބުގެ ނާޝިދު މޫސާގެ މަރުގެ މައްސަލަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިިޝަނުން 24 މައްސަލައެއް ބެލުމަށް ނިންމާފައިވާ ހާމަކުރިއެވެ.

އެކޮމިޝަނުން ތަހުގީގު ކުރާ ފުވައްމުލަކުގެ ދެމީހުންގެ މައްސަލައިގެތެރެއިން، އޮޅުތެރެގޭ މުހައްމަދު ޝަފީއު އިބްރާހިމް (35 އަހަރު) ގެއްލިފައި ވަނީ 2017 ވަނަ އަހަރު ޖުލައި މަހު 15 ވަނަ ދުވަހުއެވެ. އަންގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަދާކުރަމުން އާއި ޝަފީޢު ޗުއްޓީއަށް ރަށަށް އައިސްފައި އެރޭ ގާތްގަޑަކަށް 9:30 ހާއިރު ގެއިން ނިކުމެގެން ދިޔަގޮތަށް ފަހުން ނުފެނެއެވެ. އާއިލާ މީހުންނާއި ފުލުހުންނާއި ފުވައްމުލަކުގެ ރައްޔިތުން ނިކުމެގެން ހޯދާވެސް އޭނާ ވަނީ ނުފެނިފައެވެ.

އަނެއް މައްސލައަކީ މާރާލާފައިވާ ކަމަށް ބެލެވޭ މައްސަލައެކެވެ. އެގޮތުން ނާޝިދު މޫސާގެ މަރަކީ ޑްރަގް ގޭންގާއި ގުޅުން އޮތް މައްސަލައެއް ކަމަށް ބެލެވެއެވެ. 2016 ވަނަ އަހަރުގެ މޭ މަހު 5 އައިޖީއެމްއެޗްގެ އާ އިމާރާތް އެޅުމަށް ބަންދުކޮށްފައިވާ ސަރަހައްދަށް، އަނިޔާކޮށް އޭނާ އެއްލާލާފައި އޮތްްވާ ފެނިގެން އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ 2016 ވަނަ އަހަރު މޭ މަހު 5 ވަނަ ދުވަހުއެވެ. ނާޝިދު މޫސާ (ކައުޑޭ) ގެ އުމުރަކީ 30 އަހަރެވެ.

ނާޝިދު މޫސާގެ މަރުގެ މައްސަލާގައި ތަހުގީގީ ހޯދުންތަކެއް މިޑިއާއަށް ހާމަވެފައެއް ނެތެވެ.

މި ދެ މައްސަލައާއި ކޮމިޝަނުން ބަލާ 22 މައްސަލާގެ އިތުރުން ވެސް އާއްމު ރައްޔިތުންގެ ފަރާތުން ހުށަހެޅޭ އިތުރު މައްސަލަތައް ވެސް އެކޮމިޝަނުން ބަލާނެ ކަމަށް ކޮމެިޝަނުގެ ރައީސް މަޝްހޫރު ގާނޫނީ ވަކީލު ހުސްނު ސޫޢޫދު ވިދާޅުވިއެވެ. މިމައްސަލަތައް ބެލުމަށް ރާއްޖެއިން ބޭރުން ކަމުގެ މާހިރުންގެ އެހީ ހޯދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިކޮމިޝަނުން ތަހުގީގު ކުރާ މައްސަަލތައް އަންނަ އަހަރު އޭޕްރީލް މަހު ނިންމާލެވޭނެ ކަމަށް އެކޮމިޝަނުން ލަފާކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !