A wide advertisement which will be shown on all devices. (700 x 100)

މިނިވަން 50 ޗެމްޕިއަންޝިޕްގެ މެޗް މާދަމާ

މިނިވަން 50 ޗެމްޕިއަންޝިޕް ފުވައްމުލަކުގެ ފުރަތަމަ މެޗްގައި ދޫނޑިގަން އަދި ދަޑިމަގު ބައްދަލުކުރި މެޗް. ފޮޓޯ: ދޫނޑިގަން އެފްސީ

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލަކުގައި ކުޅޭ މެޗް މާދަމާ އޮންނާނެކަމަށް އެފްއޭއެމް އިން ވިދާޅުވެއްޖެއެވެ.

އެފްއޭއެމް އިން ވިދާޅުވީ މާދަމާ ހަވީރު ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅޭމެޗްގައި ބައްދަލުކުރާނީ ދޫނޑިގަން އަދި ދަޑިމަގު ޓީމެވެ. މިޓީމް މިމުބާރާތުގެ ފުރަތަމަ ބުރުގައި ބައްދަލުކޮށް ދަޑިމަގުވަނީ މެޗް ކާމިޔާބުކޮށްފައެވެ. މާދަމާގެ މެޗް އެއްވަރު ވުމުންވެސް ދަޑިމަގަށް މިއަތޮޅުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލައް ހިމެނޭ އަތޮޅުގައި ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ ދަޑިމަގު އަދި ދޫނޑިގަންއެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މިމުބާރާތުގެ ދެ މެޗްވެސް ކުޅޭގޮތަށް ހަމަޖައްސާފައިވަނީ ފުވައްމުލަކު ސްޓޭޑިއަމްގައެވެ. ކޮންމެ އަތޮޅުކަން ޗެމްޕިއަން އަދި ރަނަރަޕް ޒޯނަށް ކޮލިފައިވާގޮތަށް ރާވާފައިވާ މިމުބާތުގެ ހުރިހާ ޒޯން ޗެމްޕިއަނުންގެ ފައިނަލް ބުރެއް އައްޑޫގައި އޮންނާނެއެވެ.

ފުވައްމުލަކު ހިމެނޭ ޒޯންގައި ހިމެނެނީ އައްޑޫ އާއި ފުވައްމުލަކެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !