އެމްޑީޕީ ޕްރައިމަރީ އިންތިޚާބަށްފަހު ފުވައްމުލަކު ދެކުނު ދާއިރާއިން ހުށަހެޅި ރިރެޖިސްޓރޭޝަން ޝަކުވާގެ މައްސަލަ ބަލައިނިންމައިފިއެވެ. ކުރިން އެކަމާއި ގުޅުހުރި މައްސަލައެއް ހުށަހަޅާއި ނިންމާފައި ވާތީ އިތުރަށް ރިރެޖިސްޓރޭޝަން ޝަކުވާގެ މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށެވެ.
އިންތިޚާބުގެ ކުރިން، 9 ޖެނުއަރީގައި ދެކުނު ދާއިރާގެ ކެންޑިޑޭޓް މައުރޫފުގެ ފަރާތުން ހުށަހަޅި 18 މީހެއްގެ ރިރެޖިސްޓްރެޝަން މައްސަލަ، ޝަކުވާ ހުށަހެޅި ކެންޑިޑޭޓު އެދުނު ގޮތަށް އެމައްސަލަ ހައްލުކޮށް ދީ ނިންމާފައި ވާކަމަށް އިންތިޚާބުގެ ޝަކުވާގެ މައްލަ ބަލާ ކޮމެޓީން ހާމަކޮށްފައި ވެއެވެ. ނަމަވެސް އިންތިޚާބުގެ ފަހުން އިތުރު 37 މީހެއްގެ ރީރެޖިސްޓްރޭޝަން މައްސަލަ އެބަހުރިކަމަށް ކުރާ އިލްޒާމް އިތުރަށް ބަލައިގަނެވެން ނެތްކަމަށް ކޮމެޓީން ވަނީ މިއަދު (21 ޖެނުއަރީ 2019 ގައި) ނިންމާފައެވެ.
އެޕާޓީން ހާމަކޮށްފައިވާ ގޮތުން ކުރިން އެމައްސަލަ އިތުރަށް ބަލަން އެޕާޓީން ނިންމީ އެމްޑީޕީ ފުވައްމުލައު ނިންމީ އެދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓާއި ދެވަނައަށް ދިޔަ ކެންޑިޑޭޓައި ދެމެދު ހުރި ވޯޓުގެ ފަރަގު ކުޑަކަމުންނެވެ. ޕްރަމއިރީ ކާމިޔާބުކުރި މުހައްމަދު މުމްތާޒުއަށް ލިބުނު ވޯޓާ އަޙުމަދު މައުރޫފުއަށް ލިބުނު ވޯޓުގެ ތަފާތު ވަގުތީ ނަތީޖާއިން ދައްކަނީ 24 ވޯޓް ކަމަށެވެ.
ޕްރައިމަރީގެ ދާއިމީ ނަތީ ޖާ އެމްޑީޕީން އަދި އާއްމެއް ނުކުރެއެވެ.
ދެކުނު ދާއިރާގެ މިމައްސލައިގެ އިތުރުން ފުވައްމުލަކުގެ އެހެން އެއްވެސް ދާއިރާއަކުން އިންތިާޚބުގެ ފަހުން ޝަކުވާގެ މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް ވެއެވެ.
މިފަހަރު ބޭއްވުނު ރައްޔިތުންގެ މަޖުލީހުގ އެމްޑީޕީ ޕްރައިމަރީ އިންތިޚާބުގައި ވާދަ ކުރި 290 ކެންޑިޑޭޓުންގެ ފަރާތުން އިންތިޚާބުގެ ފަހުން ހުށަހަޅާފައި ވަނީ ޖުމްލަ 8 ޝަކުވާއެކެވެ. އެހުރިހާ ޝަކުވާތަކެއް ބެލުމަށްފަހު، 2 ދާއިރާގެ ފޮށިތައް އަލުން ގުނުމަށާއި، 1 ދާއިރާއެއްގެ މައްސަލަ އިތުރަށް ބެލުމަށާއި، 5 މައްސަލައެއް ބަލާނެތަނެއް ނެތްކަމަށް ޕްރައިމަރީއާ ގުޅޭ ޝަކުވާ ބަލާ ކޮމިޓީން ވަނީ ނިންމައިފައެެވެ.
އެގޮތުން ނ.ހޮޅުދޫ ދާއިރާއާއި ގދ.ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނުމަށް ވަނީ ނިންމާފައެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާއިން ހުށަހެޅި މައްސަލަ އިތުރަށް ބެލުމަށްފަހު މިވަނީ ރިރެޖިސްޓރޭޝަންގެ އެމައްސަލަ ދަވަނަ ފަހަރަށް ހައްލުކޮށް ދެވެން ނެތްކަމަށް ނިންމާފައެވެ.
ޚިޔާލުތައް