ރައްޔިތުންގެ އަޑުއުފުލާނެ މިނިވަން ފަރާތްތަށް ނެތިގޮސް،ހިތާމައިގެ ކޮޅެއްވެސް ނެތްކަމަށް ރާއްޖޭގެ ކުރީގެ ނައިބްރައީސް ޑރ ޖަމީލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ ރައިސް ޔަމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންތައްތަކަށް ސުވާލު އުފައްދަވައި، ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ .
ދިވެހި ގައުމުގައި ތިމާގެ އަމިއްލަ އެދުމާއި، ޖާހަތާއި، ލައްޒަތު އެއްކިބާކޮށް ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ރައްޔިތުންނަށްޓަކައި ވެރިކަން ކުރާނެ ފަރާތެއް ނުވަތަ ނިޒާމެއް ޤާއިމް ކުރެވޭނެ ދުވަހެއް އަންނެތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ .
“އަޙުދުކުރެވިދާނެ އެވެ! ވާހަކަތަށް ދެއްކެވިދާނެއެވެ.! ޕްރޮޕެގެންޑާ ފެތުރިދާނެއެވެ! ފޮޓޯތަކާއި ލިޔުންތަށް ތަފާތު މީޑިއާތަކުގައި ޝާއިއު ކުރެވިދާނެއެވެ! އެކަމަކު ހަޤީގަތް ފޮރުވިދާނެބާ؟ ” ޑރ. ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން މާލެއިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުގެ އެތަކެއް ރައްޔިތުންނެއް އަމިއްލަ މަސައްކަތްކޮއް، ވަޒީފާ އަދާކޮއް މުސްކުޅިވާއިރުވެސް އަމިއްލަ ބޯހިޔާވަހިކަމެއް ޤާއިމް ކުރުމަށް ނުކުޅެދިފައިވާ ކަމަށާއި އެތަކެއް ރައްޔިތުން މިއަދުވެސް ވަނީ ސާފު ބޯފެނާއި ނަރުދަމާ ނިޒާމަކަށް ބޭނުންވެފައިކަމަށް ޖަމީލް ވިދާޅުވިއެވެ.
ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަށް އިޝާރާތް ކުރައްވަމުން ޖަމީލުވިދާޅުވީ ރާޢްޖޭގެ އެތަކެއް ކުޑަކުދިންނަށް ބޮޑެތި ހޭދަތަށްކޮއް، މައިންބަފައިން ކިޔަވައިދިނުމުން ވެސް ވަޒިފާލިބެނީ ސިޔާސީ ޕާޓީތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށްކަމަށެވެ.
ޓެކްސް ނިޒާމަށް އިޝާރާކުރައްވަމުން ވިދާޅުވީ،އާންމު ހާލަތު ރަނގަޅުކުރުމަށް އަތޮޅުތެރޭ ރައްޔިތުންވެސް ޓެކްސް އަދާ ކުރާނީ އެންމެ އެއްވަރަކަށް ކަމަށެވެ.
“އެހެންނަމަވެސް މިއަދު އެފައިސާތަށް ހޭދަކުރައްވަނީ ހަގީގަތުގައިވެސް ރައްޔިތުންނަށް ބާ؟ ނުވަތަ ރައްޔިތުންނަށް ލިބެނީ ބައިކުޅަބައިގެ ކުޑަ މިންވަރެއްބާ؟
މިއަދު ރައްޔިތުން ނިކަމެތި ހާލުގައި އުޅޭއިރުވެސް އިތުރުށް ޓެކުސް އަދާކޮއް ހަރަދުބޮޑުވެ، ވަޒީފާ ނުލިބި ހާލުގައި ޖެހިފައިވާ އިރުވެސް ވެރިކަން ހިންގުމަށްޓަކައި އެކަނިވެސް ، މުލިއާގެ،އާރަށް،ފުނަދޫ،ހިލާލީގެ، މުރައިދޫގެ އަދި މީގެ އިތުރުން ރައީސްގެ އަމިއްލަ ގެކޮޅުގެ ހަރަދުވެސް ބަލަހައްޓަން ޖެހުމަކީ ރައްޔިތުންނަށް އިންސާފުވެރި ގޮތްތޯ ސުވާލު އުފެދެއެވެ ؟ ” ރައިސް ޔާމީންގެ ސަރުކަރުގެ ފުރަތަމަ ނައިބް ރައިސް ޑރ.ޖަމީލް ވިދާޅުވިއެވެ .
އިތުރުށް ޖަމީލް ވިދާޅުވިގޮތުގައި ރައްޔިތުންގެ އަތުންނަގާ ފައިސާ އިތުރުވެ، ދިރިއުޅުމުގެ ހަރަދު ބޮޑުވެ،ވަޒީފާ ނުލިބި އުޅެންޖެހިފައިވާއިރު، ރާއްޖޭގެ ރައްތަށް ވިއްކާ. ބޮޑެތި ކުންފުނިތަކަށް ލިބުނު އާމްދަނީ ވަނީ ގެއްލިފައި ކަމަށާއި އަދި އެފައިސާ ތަކަށް ވީގޮތުގެ ބޮޑު ހަޤީގަޠް ދުވަހަކުވެސް ހޯދޭނެތޯ؟ އާއި ރައްޔިތުންގެ ތެރެއިން ވަކިބަޔަކަށް ފައިސާގެ ވަގުތީ އިނާޔަތެއް ލިބުމަކީ މި ހިތްދަތި ކަމަށް އޮތް ހައްލުތޯ؟ ސުވާލު އުފައްދަވާފައެވެ.
އަދި ރައްޔިތުން އަތުން ދައުލަތް ހިންގުމަށާއި ވެރިކަންކުރާ ފަރާތްތަކުގެ ވެލްފެއަރ ބެލެހެއްޓުމައްދާ ޙަރަދުގެ ހަޤީގީ މިންވަރު ތެދުވެރިކޮއް ދެނެގެނެވޭނެ ނިޒާމެއްވެސް މިއަދު ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
” ރައްޔިތުންގެ އަޑު އުފުލާނެ މިނިވަންފަރާތްތަށްވެސް މިއަދުވަނީ ނެތިގޮސްފައެވެ! ހިތާމައިގެ ކޮޅެއްވެސް ނެތެވެ ! ” ޑރ. ޖަމީލް ވިދާޅުވިއެވެ
ޚިޔާލުތައް