A wide advertisement which will be shown on all devices. (700 x 100)

އައިބޭ ކަޕް U17 ޗެމްޕިއަންކަން މިސްކިތްމަގު ޓީމަށް

މިއަހަރުގެ އައިބޭކަޕް (17 އަހރުން ދަށް) މުބާރާތުގެ ޗެމްޕިއަން ޓީމު- މިސްކތްމަގު އެންމެންގެ ގުޅުން. ފޮޓޯ އައިބޭ ޕޭޖް

އައިބޭ ކަޕް 17 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުން ޓީމުން ހޯދައިފިއެވެ. އިއްޔެ ހަވީރު ދަޑިމަގު ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލުގައި އެޓީމު ވާދަކުރީ ދޫނޑިގަލޯނާ ޓީމެވެ. މިސްކިތްމަގު ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗް 7-5 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ފާއިތުވި ނޮވެމްބަރު މަހު 28ން ޑިސެމްބަރު މަހު 5 ށް ކުރިޔަށް ގެންދެވުނު މިމުބާރާތަކީ ފުވައްމުލަކުގެ ޒުވާނުނުނަށް އަމާޒުކޮށްގެން  ބޭއްވުނުު މުބާރާތެކެވެ. 

ހަތް ޓީމު ވާދަކުރި މިމުބާރާތުގެ ފެއަރޕްލޭ ޓީމުގެ ޓްރޮފީ ހާސިލުކުރީ ޝާކް ހެޑް ޓީމެވެ.

މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީ ސެޓްފިކެޓް އަދި މެޑެލް މެޑެލް ދިނުން މެޗަށްފަހު ބޭއްވުނެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައި ވަނީ މިސްކިތްމަގު އެންމެގެ ގުޅުން ޓީމުގެ އަލީ ޝިއާއު އާއި  މުޙައަމްދު ނިހާން، އާއި ދޫނޑިގަލޯނާގެ ޝިމާއު ޝަފީގު އާއި ގޫނޑިގަލޯނާ ޖޫނިއަރ ޓީމުގެ މުހައްމަދު ހަނާދު އާއި ކައިށި މުޑޭށި ޓީމުގެ މޫސާ ނައިސަމް އެވެ.

މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހަިއގެން ރަން ބޫޓަށް ހާސިލުކުރީ މިސްކިތްމަގު އ.ގ ޓީމުގެ ޝިއާއު އެވެ.

އިއްޔެގެ ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަތަކަށް އިނާމާއި ސެޓްފިކެޓް، ޓްރޮފީ އަދި މެޑެލް ބައްސަވާ ދެއްވީ ދަޑިމަގު ކައުންސިލްގެ ރައީސް ފަހުމީ އާއި ކައުންސިލް މެންބަރު އިހުސާނު އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !