މިއަދަކީ ބައިނަލް އަގުވާމީ މަސައަކަތްތެެރިންގެ ދުވަހެވެ. މޭ މަހު 1 ވަނަ ދުވަހަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަސައްކަތްތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން މި އަދު، މޭ 1، ނުވަތަ މޭ ޑޭ ފާހަގަ ކުރާ ރަސްމީ ބަންދު ދުވަހެކެވެ. ނަމަވެސް ރާއްޖޭގައި ސަރުކާރު ބަންދު ދުހެއްކަމުގައި ވިޔަސް މިއީ ރަސްމީ ބަންދު ދުވަހެއް ނޫނެވެ.
ރާއްޖޭގައި ލޭބާރ ޑޭ، ނުވަތަ މޭޑޭ ފާހަގަ ކުރަން ފެށި 2011ގައި އެމްީިޕީގެ ވެރިކަމުގައެއެވެ. ރާއްޖޭގައި މިދުވަސް ފާހަގަ ކުރަން އޭރުގެ ސަރުކާރުން ނިންމީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އެގޮތުން ސަރުކާރުން އެކަން ފާހަގަ ކުރަން އަހައްމިޔަތުކަން ދޭހިނދު އަމއިްލަ ކުންފުނިތަކާއި ވިޔަފާރިތަކާއި އަމިއްލަ މީހުންވެސް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި އެކަމަށް މަސއްކަތް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
މިދުވަސް ފެށިގެންގެން އައީ އެމެރިކާގެ މަސައްކަތްތެރިން ހައްގުތައް ހޯދުމަށް ފެށި ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ލޭބަރ ޔުނިއަންތައް އުފައްދައި އެކި ދާއިރާތަކުގެ މަސައްކަތައް ބައްޓަން ކުރާނެގޮތުގައި ބަސްބުނުމުގެ ހައްގު ލިބިގަތެވެ. އަދި ކުރާ މަސައްކަތަށް ހައްގު މިންވަރު ހޯދުމަށް އަޑު އުފުލަަން ފެށިއެވެ. އަޅު މަސައްކަތަށް ނޫނެކޭ ބުނަން ވެގެންނެވެ.
އެއިގެ ނަތީޖާއަކީ ލޭބާ ގާނޫނުތައް ހެދި މަސައްކަތް ކުރުވާ ފަރާތާއި މަސައްކަތް ކުރާ ފަރާތާއި ދެމެދުގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ބާރު އެޅިގެން ދިއުމެވެ.
ރާއްޖޭގައި ވެސް މިވަނީ މަސައްކަތް ތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގާނޫނެއް ހެދި، އަދި އެކަމަށް އެހީތެރިވުމުގެ ގޮތުން ލޭބާރ ރިލޭޝަން އޮތޯރިޓީއެއް އުފައްދައި އެކިކަންކަމުގައި މަސައްކަތްތެރިންނަށް ލަފާދ ދޭން ފަށާފައެވެ. އަދި ވަޒީފާގެ އެކި މައްސަލަކުގައި ގޮތް ކަނޑައެޅުމަށް ލޭބަރ ޓްރައިބިއުނަލް އެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
ރާއްޖޭގައި އަދިވެސް ނުވެގެން އުޅޭ އެއްކަމަކީ ޓްރޭޑް ޔުނިއަން ހިންގުމުގެ މަސައްކަތެވެ. އެކިއެކި ފަންނީ އެސޯސިއޭޝަންތަކުގެ ހަރަކާތާއި އެމީހުންނަށް މުޖުތަމިއުގައި ކުރިޔަށް ދެވޭނެ މަގުތައް ހަނިވެފައި ތުރާލުކަމެވެ.
ރާއްޖެގައި އެންމެ ފުރަތަމަ އުފެދުނު މަސައްކަތްތެރިންގެ ޖަމްއިއްޔާ (ޓްރޭޑް ޔޫނިއަން) އަކީ ޓީމް(ޓްވަރިޒަމް އެމްޕްލޮޔީ އެސޯސިއޭޝަން އޮފް މޯލްޑިވްސް)، 2008 ގައި އެވެ. އަދި އެއިގެ ފަހުން ޓީޗަރސް އެސޯސިއޭޝަނެއް ވެސް އުފެދުނެވެ. އަދިވެސް ބައެއް އެެހެން ޖަމްއިއްޔާތަކެއެވެ.

2008 ގައި “ޓީމް” އުފެދިގެން ދިއުން – ފޮޓޯ؛ އަހުމަދު ޝިހާމް
މިދެ ޖަމްއިއްޔާގެ ހަރަކާތްތަކަށް ވެސް ހިންދެމިލެވޭ ގޮތެއްއް ނުވެއެވެ. ތަފާތު ފިއްތުން ތަކާހެދިއެވެ.
ރިޒޯޓްތަކުގައި މަސައްކަތް ކުރާ ދިވެންނަށް ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ އެހާ ބޮޑެވެ. އަދި ސާވިސް އެލަވަންސް ހަމަޔަށް ނުލިބުމާއި ކަނޑައެޅިފައިވާ ދުވަހަށް މުސާރަ ނުދެވޭކަމުގެ އަޑުތަކަކީ ޚާއްސަކޮށް ދިވެހިން ހިންގާ ގިނަ ރިޒޯޓްތަކުގެ މުވައްޒަފުންގެ ނިމުމެއް ނެތް ޝަކުވާއެވެ.
ތައުލީިމީ ދާއިރާގެ މަސައްކަތްތެރިންގެ ޝަކުވާއަކީ އިތުރު ގަޑި ހަމަޔަށް ނުލިބުމާއި މުޅި ދުވަސް ސްކުލުގެ ކަންކަމުގައި ޝާމިލްވާންޖެހިފައި ވުމުގެ ޝަކުވާއެވެ.
އެންމެ ހާމަކަންބޮޑު ގޮވާލުމަކީ އަދިވެސް މަސައްކަތްތެރިންނަށް ހައްގު މިންވަރު ނުލިބޭ ކަމުގެ އަޑެވެ. ސަރުކާރުގައި ވަޒީފާ އަދާކުރާ މީހާއަށް ވެސް އަބުރުވެރި ދިރިއުޅުމެއް އުޅެވޭވަރުގެ މުސާރައެއް ނުލިބޭ ކަމުގެ އަޑެވެ. އަހަމ އެގޮތަށް ވިޔަފާރިވެރިޔާއަށް މިލިޔަނުން ފާއިދާ ހޯދައިދޭ މަސައްކަތު މީހާއަށް ވެސް ދޭ މުސާރައިން ދެކޮޅު ނުޖެއްސޭ ކަމުގެ އަޑެވެ. ރިޒޯޓްތަކާއި ކުންފުނިތަކުގައި ވެސް ހަމަ މިއަޑު ތަކެވެ.
މިއަދު އެންމެ ގިވާލަންވީ ހައްގުމިންވަރު ލިބުމަށް ވިޔަފާއިރި ހިސާބުތައް ހުރިހާކުންފުންޏަކުން ވެސް ހާމަކުރުމަށެވެ. އަމިއްލަ ކުންފުނިތަކާއި އައމްިލަ މަސައްކަތް ކުރުވާ ފަރާތްތައް ވެސް ހާމަކުރަން ވީއެވެ. އަދި މަސްކަތްތެރިޔާއަށް ހައްގު މިންވަރެއް ކަނޑައަޅަންވީއެވެ.
އެންމެ ކުޑަ މުސާރަ ވެސް ކަނޑައަޅަަން ގޮވާލަން ވީއެވެ. އިންކަމް ޓެކްސްނަގަން ވެސް ގޮވާލަން ވީއެވެ. މީގެ ސަބަބުން ހައްގު މިންވަރު ކަންޑައެޅުމަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ހާމަވެގެން ދާނެއެވެ.
ޚިޔާލުތައް